ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، މއ. ހިތްތަލަވިލާ، މުހައްމަދު ކިޔާން އަހުމަދު ނާޒިމް (19އ) ކަމަށެވެ.

މުހައްމަދު ކިޔާން އަހުމަދު ނާޒިމް ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގެ ރެސްޓޯރެންޓެއްގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަން ހިންގާފައިވަނީ ގޭންގް ކްރައިމް އެންފޯސްމެންޓުގެ ފުލުހުން ކަމަށާއި އޮޕަރޭޝަން ހިންގުުމަށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މުހައްމަދު ކިޔާން އަހުމަދު ނާޒިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.