ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން އެކެއްގެ ތަށި ހދ. ނައިވާދޫން ހޯދައިފިއެވެ.
ނައިވާދޫން ޒޯން ތަށި އުފުލާލީ ރޭ ކުޅުނު ފައިނަލުގައި 2-0 އިން ހއ. ދިއްދޫ ބަލިކޮށްގެންނެވެ. މިއީ ނައިވާދޫން ޒޯން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ޒޯން އުފުލާލީ 2018، 2023 ވަނަ އަހަރު އެވެ. މިއަހަރުގެ ފައިނަލަށް ނައިވާދޫ ނުކުތީ މިދިޔަ އަހަރުގެ ޒޯން ފައިނުގައި ހއ. އުތީމު ކައިރިން ބަލިވެފައި އޮވެގެންނެވެ.
ރޭގެ މެޗުގައި ނައިވާދޫގެ ގޯލުތައް ޖެހީ އަހުމަދު ހަމީދު (އައްމަޑޭ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ނައިވާދޫން ރޭ ދިއްދޫ ބަލިކުރި އިރު، ދެޓީމުން ޒޯނުގެ ލީގު ބުރުގައި ކުޅުނު މެޗުންވެސް މޮޅުވީ ނައިވާދޫއެވެ. އެއީ 6-1 ގެ ނަތީޖާއަކުންނެވެ.
މިފަހަރު ޒޯން އެކެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރީންނަކީ ނައިވާދޫގެ އަންމަޑޭއާއި ދިއްދޫގެ އަލީ ސާމެވެ. އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޝާއްޕެއެވެ.
މުބާރާތުގެ ގަދަ 16 ގެ މެޗުތައް ހޮނިހިރު ދުވަހުގެ ރޭ އޮންނަ އިރު، ދިއްދޫ ނުކުންނާނީ ގދ. ވާދޫއާ ދެކޮޅަށެވެ. ނައިވާދޫ ނުކުންނާނީ މައްޗަންގޯޅިއާ ދެކޮޅަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް