ފީފާ ކައުންސިލުން އަނެއްކާވެސް ޕާކިސްތާން ފުޓުބޯލް ފެޑަރޭޝަން (ޕީއެފްއެފް) ސަސްޕެންޑް ކުރަން ނިންމައިފިއެވެ.

ފީފާއިން ޕާކިސްތާނުގެ ފުޓުބޯޅަ އިދާރާ ސަސްޕެންޑް ކޮށްފައި ވަނީ ފީފާއާއި އޭއެފްސީ އެކުވެގެން ހުށަހެޅި އާ ހިންގާ ގަވައިދަށް އަމަލުނުކުރާން ޕީއެފްއެފްއިން ނިންމާފައިވާ ނިންމުމާ ގުޅިގެންނެވެ.

ޕީއެފްއެފް ހިންގުން ނޯމަލައިޒްކޮށްފައިވަނިކޮށް ފީފާއިން ހުށަހެޅި އާ ހިންގާ ގަވާއިދުގައިވާ ގޮތުން އިންތިހާބުތަކަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ނުވައްދައި ޑިމަކްރަޓިކް ހަމަތަކުން ކުރިއަށް ގެންދާނެ އިސްލާހުތަކެއް ވަނީ ހުށަހަޅައިފައެވެ. އެ އިސްލާހުތައް ބަލައިގަތުމާމެދު މިވަގުތު އޮތް ހިންގާ ކޮމެޓީގެ ހިޔާލު ތަފާތު ކަމަށް ނޫސްތައް ބުނެއެވެ.

ޕީއެފްއެފްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ހާރޫން މަލިކް ވިދާޅުވީ ޕީއެފްއެފްގެ އާއި ފީފާއާ ދެމެދު އޮތީ "ޑެޑްލޮކް"އެއް އެޅުވިފައި ކަމަށެވެ. އެހެންކަމުން ފީފާއިން ސަސްޕެންޑް ކުރީ ވަގުތީ ގޮތުން ކަމަށާއި، އާ އިސްލާހުތަކަށް އަމަލުކުރަން ހިންގާ ކޮމެޓީން ފާސްކުރުމާއެކު ސަސްޕެންޝަން އުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލިކް ވިދާޅުވީ އޮލިމްޕިކް ކޮލިފިކޭޝަންގައި ފުރަތަމަ ފަހަރަށް ވާދަކޮށް، ދެވަނަ ބުރަށް ގޮސްފައިވާ މި ހާލަތުގައި އަލުން ފުޓުބޯޅަ ސަސްޕެންޑްވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ޕާކިސްތާނުގެ ފުޓުބޯޅައަށް މިދިޔަ ހަތް ވަރަކަށް އަހަރު ދުވަހު ވަނީ ގިނަ މައްސަލަތަކާ ކުރިމަތިވެފައެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ތިން ފަހަރެއްގެ މަތިން ފީފާގެ ސަސްޕެންޝަންވެސް އައިސްފައިވެއެވެ.