ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ދޭއްގައި ކުޅުނު ފުރަތަމަ މެޗުތައް، ރ. އަތޮޅުގެ ޗެމްޕިއަން އިނގުރައިދޫ އާއި އެ އަތޮޅުގެ ރަނަރަޕް ދުވާފަރުން ކާމިޔާބު ކޮށްފިއެވެ.

މިއަހަރު މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ޒޯން ބުރުގެ ކުޅުން ރޭ ވަނީ ފަށައިފައެވެ. އެގޮތުން ޒޯން ދޭއްގެ މެޗުތައް ރޭ ފެށި އިރު، އެ ޒޯނުގައި ވާދަކުރަނީ ށ. އަތޮޅުގެ ޗެމްޕިއަން މިލަންދޫއާއި އެ އަތޮޅުގެ ރަނަރަޕް ކަނޑިތީމުގެ އިތުރުން ރ. އަތޮޅުގެ ޗެމްޕިއަން އިނގުރައިދުއާއި ރަނަރަޕް ދުވާފަރު އަދި ނ. އަތޮޅުގެ ޗެމްޕިއަން މިލަދުއެވެ.

ރޭ ދުވާފަރުން މިލަންދޫ ފަސޭހަކަމާއެކު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަލީ ހާފިޒް (ހާއްޕެ) ތަފާތު ދެއްކި މެޗުގައި ހާއްޕެގެ އިތުރުން ގޯލުތައް ޖެހީ މުހައްމަދު ޖުމާން އަދި އަހުމަދު މަޝީދެވެ.

ރ. ދުވާފަރުން ރޭ ކަނޑިތީމު ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ދުވާފަރުގެ ދެ ގޯލުވެސް މުހައްމަދު އިސާމް (ޝަންޓޭ) ޖަހައިދިން އިރު، ކަނޑިތީމުގެ ގޯލު ޖެހީ އިބްރާހީމް ނަދާދު (ކުޑައްޓެ) އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ ދެ ފައިނަލެއްގެ އިތުރުން ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ހއ. ދިއްދޫ - ހއ. ވަށަފަރު (އަތޮޅު ފައިނަލް)

ގްރައުންޑް 2: ހދ. ނޭކުރެންދޫ - ހދ. ނައިވާދޫ (އަތޮޅު ފައިނަލް)

21:30

ގްރައުންޑް 1: ގއ. ވިލިނގިލި - ގއ. ދެއްވަދޫ (ޒޯން 7/ ގްރޫޕް އޭ)

ގްރައުންޑް 2: ފުވައްމުލަކު ދަނޑިމަގު - ގދ. ވާދޫ (ޒޯން 7/ ގްރޫޕް އޭ)

22:30

ގްރައުންޑް 1: ސ. ފޭދޫ - ގދ. ގައްދޫ