ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށިން ހަތްވަނަ ފަހަރަށް އަތޮޅު ތަށި އުފުލާލައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ތ. އަތޮޅު ފައިނަލުގައި ތިމަރަފުށިން ހިރިލަންދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ހިރިލަންދޫން މުޅިން އަލަށް އަތޮޅު ފައިނަލަށް ނުކުމެ ތިމަރަފުށި ކައިރިން ހިތްވަރު ކުރި ނަމަވެސް، އެޓީމަށް މޮޅެއް ނުހޯދުނެވެ.
އަވަސްކޮށް، ރަނގަޅު ޓެމްޕޯއެއްގައި މެޗު ފެށި ތިމަރަފުށިން ވަނީ ކުރީކޮޅުގައި ދެ ގޯލު ޖަހައިފައެވެ. އެ ގޯލުތައް ޖެހީ މުހައްމަދު ތޯހިރާއި އަފްލާޒް އަހުމަދެވެ.
ދެވަނަ ހާފުގައި ހިރިލަންދޫން ކުޅުން ރަނގަޅުކޮށް، އެޓީމުން ތިމަރަފުށީގެ ފަހަތަށް ބާރުބޮޑުކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން އަހުމަދު މުފީދުގެ ހަމަލާއަކުން އެޓީމުން ގޯލެއްވެސް ޖެހިއެވެ. އެ ގޯލަށްފަހު ދެން އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބު ނުވެ، ތިމަރަފުށިން ތަށި ދިފާއުކުރިއެވެ.
ތިމަރަފުށިން މިހާތަނަށް ވަނީ 2016، 2017، 2018، 2019، 2022، 2024، އަދި 2025 އަހަރު ތ. އަތޮޅު ތަށި ހޯދައިފައެވެ.
ތ. އަތޮޅު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ހިރިލަންދޫގެ މުހައްމަދު ނިޝާހެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ފައިނަލް މެޗުގެވެސް މޮޅު ކުޅުންތެރިޔާ ތިމަރަފުށީގެ އަފްލާޒެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް