ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން ދެއްވަދޫން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އެންމެ ފޯރިގަދަ ހިސާބަށް މެޗުތައް ގޮސްފައިވާ އިރު، ރޭ ކުޅުނު ގއ. އަތޮޅު ފައިނަލުގައި ދެއްވަދޫން ވިލިނގިލި ބަލިކުރީ 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ދެއްވަދޫން އަތޮޅު ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. ރޭގެ ފައިނަލަށް ނުކުތް ދެޓީމަށްވެސް މީގެ ކުރިން އަތޮޅު ތަށި ލިބިފައި ނުވާ އިރު، ދެއްވަދޫން ކާމިޔާބު ހޯދީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގައި ދެއްވަދޫގެ އަހްނަފް ރަޝީދު (އަހުއްކޮ) އާއި ޝިފާޒް އާދިލް (ތުއްތު)، ކޮންމެ ކުޅުންތެރިޔަކު ހެޓްރިކެއް ހެދި އިރު، އަހުމަދު ރާހިލް ރަޝީދުވެސް ދެ ގޯލު ޖެހިއެވެ. އަދި އަނެއް ގޯލު ޖެހީ ނަސޫހު ސައީދެވެ. ވިލިނގިލިން ގޯލު ޖެހީ އިބްރާހީމް ޒިމާން އަހުމަދެވެ.
ގއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އަހުއްކޮއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ.
މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ކ. މާފުށި - ކ. ގުރައިދޫ (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: ކ. ކާށިދޫ - ކ. ގާފަރު (އަތޮޅު ފައިނަލް)
21:30
ގްރައުންޑް 1: ގދ. ގައްދޫ - ގދ. ވާދޫ (އަތޮޅު ފައިނަލް)
ގްރައުންޑް 2: ރ. ދުވާފަރު - ރ. އިނގުރައިދޫ (އަތޮޅު ފައިނަލް)
22:30
ގްރައުންޑް 1: ނ. ހޮޅުދޫ - ނ. މިލަދޫ (އަތޮޅު ފައިނަލް)
ގްރައުންޑް 2: ސ. ފޭދޫ - ސ. ހިތަދޫ (އަތޮޅު ފައިނަލް)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް