އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން، މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ގޭގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ފުލުހުން އަދި ނުބުނެއެވެ.
އެނގިފައިވާ ގޮތުގައި، އަލިފާން ރޯވުމުގެ ސަބަބުން އެ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ބައެއް ސާމާނު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ވެފައިވާކަމެއް ނުވަތަ ނޫން ކަމެއް ސާފެެއް ނޫނެވެ.
މި ހާދިސާގެ އިތުރު ތަފްސީލެއް ހޯދުމަށް "ވަން" އިން އެމްއެެންޑީއެފަށް އަދި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭހެން ބައެއް ފަރާތްތަކަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީ އިތުރު ތަފްސީލެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު