ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފ. އަތޮޅު އަތޮޅު ބުރުގައި އިއްޔެ ހަވީރު ކުޅުނު މެޗުތައް، ދަރަނބޫދުއާއި މަގޫދޫން ކާމިޔާބު ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، އިއްޔެ ހަވީރު ވަނީ ފ. އަތޮޅުގެ ދެ މެޗު ކުޅެފައެވެ. ފ. އަތޮޅުން މުބާރާތުގައި ފަސް ޓީމަކުން ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ ފައިނަލަށް ދާނީ ލީގު ބުރު ނިމޭ އިރު، އެއްވަނަ އަދި ދެވަނަ ޓީމެވެ.
މިހާތަނަށް ކުޅުނު މެޗުތަކުން އެއަތޮޅު ލީގު ބުރުގެ އެއްވަނައިގައި އޮތީ މަގޫދުއެވެ. އެޓީމަށް ލީގު ބުރުގައި ބާކީ އެއް މެޗު އޮތް އިރު، ތިން މެޗުން މިހާތަނަށް ހަތް ޕޮއިންޓް ހޯދާފައިވެއެވެ. ދެވަނައިގައި ދެމެޗުން ހަ ޕޮއިންޓާއެކު ދަރަނބޫދޫ އޮތް އިރު، ތިންވަނައިގައި އެންމެފަހުގެ ޗެމްޕިއަން ބިލެއްދޫ އޮތީ ދެމެޗުން ހަތަރު ޕޮއިންޓާއެކުގައެވެ.
ހަތަރުވަނައިގައި އޮތް ފީއައްޔަށް ދެމެޗުން ޕޮއިންޓެއް ނުލިބި އޮތް އިރު، އެޓީމަށް އަމިއްލަ ބާރު ވަނީ ގެއްލިފައެވެ. ނިލަންދޫ ކެޓީ ތިން މެޗުންވެސް ޕޮއިންޓެއް ނުލިބިއެވެ.
އިއްޔެ މަގޫދޫން ނިލަންދޫ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މަގޫދޫގެ ގޯލުތައް މޫސާ އައްސަދު އަންވަރާއި މުހައްމަދު ފުރުގާން އަދި އަހުމަދު މުއާޒް ޖެހި އިރު، ނިލަންދޫގެ ދެ ގޯލު ޖެހީ ފާރޫގު އިސްމާއީލާއި އީޖާޒް އަބްދުލް ގާދިރެވެ.
ފ. އަތޮޅުގެ އަތޮޅު ބުރުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ދަރަނބޫދޫން ފީއަލި ބަލިކުރީ 2-1 އިންނެވެ. ދަރަނބޫދޫގެ އާލިފް އަލީއާއި ރަޔާން ރިޔާހް ގޯލުތައް ޖެހި އިރު، ފީއަލީގެ ގޯލު ޖެހީ މުހައްމަދު މާކިންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
16:00
ގްރައުންޑް 1: ބ. އޭދަފުށި - ބ. ތުޅާދޫ
17:00
ގްރައުންޑް 1: ދ. ބަނޑިދޫ - ދ. މާއެނބޫދޫ
20:00
ގްރައުންޑް 1: ހއ. ކެލާ - ހއ. ހޯރަފުށި
ގްރައުންޑް 2: ހއ. ފިއްލަދޫ - ހއ. ބާރަށް
21:00
ގްރައުންޑް 1: ހއ. އުތީމު - ހއ. މުރައިދޫ
ގްރައުންޑް 2: ހއ. އިހަވަންދޫ - ހއ. ދިއްދޫ
22:00
ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހދ. ނޮޅިވަރަންފަރު
ގްރައުންޑް 2: ހދ. ފިނޭ - ހދ. މަކުނުދޫ
23:00
ގްރައުންޑް 1: ހދ. ނައިވާދޫ - ހދ. ނެއްލައިދޫ
ގްރައުންޑް 2: ހދ. ނޮޅިވަރަން ހދ. ކުމުންދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް