ދުނިޔޭގެ އެންމެ ބޮޑު ގިވްއަވޭ ޕްރޮމޯޝަންގެ ގޮތުގައި ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ 52 ފުރުސަތާ އެކު، "ވޯލްޑްސް ބިގެސްޓް ގިވްއަވޭ" ޕްރޮމޯޝަންގެ ނަމުގައި ބޮޑު ޕްރޮމޯޝަން ހަރަކާތެއް އެމްއެމްޕީއާރުސީން މިއަދު ފަށައިފިއެވެ.
އެމްއެމްޕީއާރްސީން ބުނީ، އެ ގިވްއަވޭ ކުރިއަށްގެންދާނީ "ވިޒިޓް މޯލްޑިވްސް" ގެ ޕްލެޓްފޯމްތަކުގައި ކޮންމެ މަހަކު ބާއްވާ ސޯޝަލް މީޑިއާ މުބާރަތްތަކެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ކޮންމެ މަހަކު ވެސް ނަސީބުވެރި ހަތަރު މީހަކު ގުރުއަތުން ހޮވާ އިރު، ކޮންމެ ނަސީބުވެރިއަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.
އެމްއެމްޕީއާރުސީން ބުނީ އެ ގިވްއަވޭގެ ތެރެއިން 52 މުބާރާތެއްގައި ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކާލާނެ ކަމަށެވެ.
އެމްއެމްޕީއާރުސީން ބުނީ، ދުނިޔޭގެ އެންމެ ބޮޑު ގިވްއަވޭ ކެމްޕޭންގެ މަގުސަދަކީ ދަތުރުފަތުރު ކުރުމަށް ލޯބިކުރާ މީހުން ސޯޝަލް މީޑިއާގައި ޝައުގުވެރިކޮށް، އެންމެ މަތީފަންތީގެ ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުކުރުން ކަމަށެވެ.
އެ ގިވްއަވޭ ހަަރަކާތް ކުރިއަށްގެންދާނީ މުޅި ދުނިޔެއަށް ހުޅުވައިގެން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ވަނީ ދެ މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައެވެ. ޢެއީ ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު