ތ. ތިމަރަފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ތިމަރަފުށި ގެޔަކަށް ފަސް މީހަކު ވަދެ މާރާމާރީ ހިންގި މައްސަލަ މިއަދު 13:27 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެއީ ދެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއް ކަމަށާއި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ މާރާމާރީ ހިނގީ ކޮން ސަބަބަކާ ގުޅިގެންކަމާއި އެކަމުގެ އިތުރު ތަފްސީލެއް ވެސް ފުލުހުން އަދި ދީފައެއް ނުވެއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.