އަމިއްލަ ފަރާތެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި ފުވައްމުލަކު ސިޓީ ކައިރިން މޮޅުވެ، ރ. އަލިފުށިން ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އަލިފުށިން މެޗު ކާމިޔާބުކުރީ 5-6 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީގައި އަލިފުށީގެ ކީޕަރު އަބްދުއްސައްދާދު އާދަމް ދެ ޕެނަލްޓީ މަތަކުރި އިރު، ފުވައްމުލަކުގެ ކީޕަރު އަޝްރަފު އަބްދުﷲ ވެސް ވަނީ އެއް ޕެނަލްޓީ މަތަކޮށްފައެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި އަލިފުށިން ލީޑު ނެގީ ހުސައިން ނިހާން (ނިހާޓް) ކާމިޔާބުކޮށްދިން ގޯލުންނެވެ. އޭގެ އިރުކޮޅެއްފަހުން ފުވައްމުލަކު ސިޓީން ވަނީ މެޗު އެއްވަރުކޮށް، ނަތީޖާ އަނބުރާވެސް ލައިފައެވެ.
ހުސައިން ޝަރީފްގެ ގޯލުން ފުވައްމުލަށް އެއްވަރުކުރި އިރު، އެޓީމަށް ލީޑު ނަގައިދިނީ ބިދޭސީ މިޑްފީލްޑަރު އަހުމަދު މަހުމޫދު ފައްތާހުގެ ހިލޭ ޖެހުމަކުންނެވެ. މަހުމޫދުގެ ހިލޭ ޖެހުން ގޯލަށް ވަނީ ނިހާޓްގެ ބޮލުގައިވެސް ޖެހިފައެވެ.
ދެވަނަ ހާފަށް ނުކުމެ އަލިފުށިން މެޗު އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ އަހުމަދު ޝަމީޒް ޖެހި ގޯލުންނެވެ. އެ ގޯލާއެކު މެޗު ޕެނަލްޓީއަށް ގޮސް އަލިފުށިން ކާމިޔާބުކުރިއެވެ.
މިއަދުގެ މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެފައިވާ އިރު، އަލިފުށީގެ މޮޅާއެކު އެރަށުގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ އުފާފާޅުކޮށްފައެވެ.
އަލިފުށިން މުބާރާތުގެ ސެމީގައި ނުކުންނަން ޖެހޭނީ މިރޭ ކުއާޓާގައި ކ. މާފުއްޓާއި އައްޑޫ ސިޓީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް