ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ގިނަ މެންބަރުންނަކީ އިސްލާމްދީން ގަބޫލުކުރާ ބައެއްނޫންކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ވިލިމާލެ ދާއިރާގެ މެންބަރު އިބްރާހިމް އިސްމާއީލް، ފަހުން މައާފަށް އެދިވަޑައިގެންފިއެވެ.

މެންބަރު މިހެން ވިދާޅުވީ، ކީރިތި ގުރުއާނުގެ އާޔަތްތަކަށް ބަދަލުގެނެސްގެން ޕީއެސްއެމްގެ ޗެނަލްތަކުން ދައްކަމުންދާ ކަމަށް ބުނެ، އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލްި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަމުންނެވެ.

އެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، އެ ފަދަ މައްސަލަ ހުށަހަޅުއްވާއިރު، އެމްޑީޕީ ވެރިކަމުގެ ތެރޭގައި ދިނާހިލާފް އެތައްކަމެއް ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ ކިޔައިފިއްޔާ ލާދީނީ، ބައެއް ކަމަށާއި، އެއީ ކީރި ގުރުއާނާއި އިސްލާމްދީން ގަބޫލުކުރާ ބައެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެހިސާބުން ނިޒާމީ މައްސަލައެއް ނަންގަވައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެއްވެސް މެންބަރަާދިމާލަށް އެހެން ނުބުނެވޭނެ ކަމަށާއި، އިސްލާމް ދީން ގަބޫކުރާ ބައެއްނޫން ކަމަށް މުހައްމަދު އިސްލާއީލު ވިދާޅުވި ވިދާޅުވުން ފާހަގަކުރައްވާ ކަމަށެވެ.

މަޖިިލިސް ރައީސް އަބުއްރަހީމް އަބުދުﷲ އެ މައްސަަ ނިޒާމީ މައްސަލައެއްގެ ގޮތުގައި ބަލައި ގަތުމުން، މުހައްމަދު އިސްމާއީލް ވާހަކަ ކުރިއަށް ގެންދެވީ އެކަމަށް މައާފަށް އެދިވަޑައިގަތުމަށްފަހުގައެވެ.