މޯލްޑިވްސް އެކްސްޕޯ 2026ގެ އޮފިޝަލް ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
ބީއެމްއެލުން މިއަދު ބުނި ގޮތުގައި، މިއީ ރާއްޖޭގެ ވިޔަފާރިތަކާއި އުފެއްދުންތެރިކަމުގެ އިތުރުން، އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް އެ ބޭންކުން ދެމުންގެންދާ އެއްބާރުލުމާއި އަހައްމިއްޔަތުކަން އަލުން ހާމަކޮށްދޭ ކަމެކެވެ.
މި އެކްސްޕޯއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ. މި އެކްސްޕޯ ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ދިވެހި އުފެއްދުންތެރިކަމާއި ފަންނުވެރިކަމުގެ ހުނަރުތައް ދައްކާލުމަށް ބާއްވާ މި ހަރަކާތަކީ، ވިޔަފާރިވެރިންނާއި އަމިއްލަ އުފެއްދުންތެރިންގެ މަސައްކަތްތައް އިޝްތިހާރުކޮށް، ފަހި މާކެޓުތަކަކަށް ވާސިލުވުމަށް ލިބޭނެ ފުރުސަތެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ފާހަގަކުރި ގޮތުގައި، ގައުމީ ބޭންކުގެ ދައުރާ އެއްގޮތަށް ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، އީޖާދީ ވިސްނުންތަކަށް ހިތްވަރުދީ، ރާއްޖޭގެ އިގުތިސާދީ ދުވެލި ހަލުވިކުރުމަށް މަގުފަހިކޮށްދޭ މިފަދަ ކޮންމެ ހަރަކާތަކަށް އެއްބާރުލުން ދިނުމުގައި އެ ބޭންކު އަބަދުވެސް ދެމިއޮންނާނެއެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އެކްސްޕޯ 2025ގެ މެއިން ސްޕޮންސަރަކީވެސް ބީއެމްއެލްއެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު
ކޮމެންޓް