އަމިއްލަ ފަރާތެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގޯލްޑް ކަޕްގެ ދެވަނަ ފޭސްގައި ރ. އަލިފުށިން ކުޅުނު ފުރަތަމަ މެޗުގައި ޅ. ކުރެންދޫ ބަލިކޮށްފިއެވެ.
އަލިފުށިން ދެވަނަ ބުރަށް ދިޔައީ ގްރޫޕް ޑީގެ އެއްވަނަ ހޯދައިގެންނެވެ. ފުރަތަމަ ބުރުގައި އެޓީމުން ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވީ ކ. މާފުށި އަތުން އެކަންޏެވެ. ރޭ އެޓީމުން ދެވަނަ ބުރު ފެށި މެޗުގައި ކުރެންދޫ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ސަޕޯޓަރުންގެ ފޯރިގަދަ އަލިފުށިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހައިދިނީ އަހުމަދު ހުޝާމް (ހުޝަންޓޭ) އެވެ. އޭނާ މެޗުގެ 63 ވަނަ މިނެޓުގައި ގޯލު ޖަހައިދިނީ ހުސައިން ނިހާން (ނިހާޓް) އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުންނެވެ.
ރޭގެ މެޗުގައި އަލިފުށިން އިތުުރު ނުރައްކާތައް ކުރި ނަމަވެސް ކުރެންދޫ ގޯލު ބެލެހެއްޓި ލަންކާ ގައުމީ ޓީމުގެ ކެޕްޓަން އަދި ކީޕަރު ސުޖަން ޕެރޭރާ ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ.
ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި ވާދަކުރަމުންދަނީ 12 ޓީމެވެ. 12 ޓީމު ހަތަރު ގްރޫޕެއްގައި ވާދަކުރަމުންދާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. އޭގެ ތެރެއިން ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ދެޓީމެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް