އަމިއްލަ ފަރާތެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގޯލްޑް ކަޕްގެ ދެވަނަ ފޭސްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދ. މީދޫން އައްޑޫ ސިޓީއާ އެއްވަރުކޮށްފިއެވެ.
ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި ވާދަކުރަމުންދަނީ 12 ޓީމެވެ. 12 ޓީމު ހަތަރު ގްރޫޕެއްގައި ވާދަކުރަމުންދާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. އޭގެ ތެރެއިން ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ދެޓީމެވެ.
ދެވަނަ ފޭސްގެ މެޗުތައް އިއްޔެ ފަށާފައިވާ އިރު، މިއަދު ކުޅުނީ ގްރޫޕް ޖީގެ އައްޑޫ ސިޓީއާއި މީދުއެވެ. އެ މެޗު 3-3 އިން އެއްވަރުވި އިރު، މީދޫގެ ތިން ގޯލުވެސް ޖެހީ އިބްރާހިމް އިމްރާން (އިއްމި)އެވެ.
އިއްމި އޭނާގެ ފުރަތަމަ ގޯލު ޕެނަލްޓީއަކުން ޖެހި އިރު، ދެވަނަ ގޯލަކީ މެދު ރޮނގެެއްހާ ހިސާބުން ދުރުން ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ. މީދޫން މިއަދުގެ މެޗުގައި އައްޑޫ ދެ ގޯލު ޖަހާފައި ވަނިކޮށް އެއްވަރުކު އިރު، އައްޑޫގެ އެންމެ ފުރަތަމަ ގޯލު ޖެހީ ކްލަބު އީގަލްސްގެ ރިލީސްއާއެކު ކުޅެމުންދާ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)އެވެ.
އައްޑޫގެ ދެވަނަ ގޯލު، ތަޖުރިބާކާރު މިޑްފީލްޑަރު، ކުރިން ގައުމީ ޓީމަށް ކުޅުނު އިސްމާއީލް އީސަ (މެސީ) ޖަހައިދިން އިރު، އައްޑޫން ތިންވަނަ ގޯލާއެކު އަނެއްކާވެސް ލީޑު ނެގިއެވެ. އެ ގޯލު ޖެހީ އަލީ ނާފިއު (ކަޅޭ)އެވެ.
އެ ގޯލު ޖަހާފައި ވަނިކޮށް، މީދުއަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު އިއްމި ޖެހީ ހިލޭ ޖެހުމަކުންނެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް