ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އެތުލެޓިކޯ ބިލްބާއޯ ބަލިކޮށްފިއެވެ.
އެންމެފަހުން ލީގު ޗެމްޕިއަން ރެއާލުން ރޭ ރަށުން ބޭރުގައި ބިލްބާއޯ ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު، ރެއާލަށް ވަނީ ބާސެލޯނާއާ ޕޮއިންޓެއް ގާތަށް ޖެހިލަން ފުރުސަތު ލިބިފައެވެ. މިވަގުތު ރެއާލް ތާވަލުގެ ދެވަނައިގައި އޮތް އިރު، އެއީ 15 މެޗުން 33 ޕޮއިންޓާއެކުގައެވެ. ބާސާއިން 16 މެޗުން 37 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތް އިރު، މެޗު ހަމަކޮށް ރެއާލަށް ޕޮއިންޓަކަށް ގާތް ކުރުމަށް ފުރުސަތު އެބައޮތެވެ.
ރޭގެ މެޗުގައި ފެނުނި ތިން ގޯލުވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، ބިލްބާއޯއިން ފުރަތަމަ ލީޑު ނެގީ އެލެކްސް ބެރެންގޫއޭ ޖެހި ގޯލުންނެވެ.
އެ ގޯލަށް މާ ގިނައިރެއް ނުވެ، ރެއާލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ކައިރިން ލިބުނު ޕެނަލްޓީ ވެސް ޖެހި ކިލިއަން އެމްބާޕޭ ޕެނަލްޓީ ޖެހި އިރު، އެ ޕެނަލްޓީ ބިލްބާއޯ ކީޕަރު ވަނީ މަތަކޮށްފައެވެ. ލިވަޕޫލް މެޗުގައިވެސް އެމްބާޕޭ އަތުން ވަނީ ޕެނަލްޓީ ނާކާމިޔާބުވެފައެވެ.
ރޭގެ މެޗުގައި ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޫޑް ބެލިންހަމްއެވެ. އެ ގޯލާއެކު ރެއާލުން ޕޮއިންޓަކަށް މަސައްކަތް ކުރި ނަމަވެސް، ފެޑެރީކޯ ވަލްވާޑޭއަށް ހެދުނު ގޯހެއްގެ ސަބަބުން ބިލްބާއޯ ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. ވަލްވާޑޭގެ ގޯހުން ފައިދާ ނަގައި، ބިލްބާއޯއަށް އެ ގޯލު ޖަހައިދިނީ ގޯކާ ގުރުޒޭޓާއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ