ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯއިން އެތުލެޓިކް ކްލަބާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ދަނޑު މައްޗަށް ރަބަރު ބޯޅައާއި ކަރުދާސް ރޮކެޓް އުކައިގެން ވެރިންނާ ދެކޮޅަށް އިހުތިޖާޖު ކޮށްފިއެވެ.
ވަޔެކާނޯ ސަޕޯޓަރުން ވެރިންނާ ދެކޮޅަށް އިހުތިޖާޖު ކޮށް، އަޑު އުފުލާފައި ވަނީ ކްލަބުގެ އިންފްރާސްޓްރަކްޗާގެ ހާލަތު ދަށްވުމުންނެވެ. ރޭ އެތުލެޓިކް ކްލަބާ ދެކޮޅަށް ކުޅުނު މެޗަކީ ވަޔެކާނޯއަށް މިފަހަރު ލީގުގައި އަމިއްލަ ދަނޑުގައި ކުޅެން ލިބުނު ފުރަތަމަ ހޯމް މެޗެވެ. ކުރީ މެޗުތައް އެޓީމުގެ އަމިއްލަ ދަނޑު ކަމަށްވާ އެސްޓާޑިއޯ ޑެ ވަޔޭކާސްގައި ނުކުޅެވުނީ ސްޓޭޑިއަމްގެ ހާލަތު ނުރައްކާ ކަމުން އެ ދަނޑުގެ ސަލާމަތީ ހާލަތަށް ބަލައި ނުކުޅެން އަންގާފައި އޮތުމުންނެވެ.
އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ ވަޔެކާނޯގެ ހޯމް ދަނޑަކީ ސިއްހީ ގޮތުން ގެއްލުންތައް ކުރިމަތިވެދާނެ ދަނޑެއް ކަމަށާއި، އެ ސްޓޭޑިއަމަކީ ރައްކާތެރި ސްޓޭޑިއަމެއް ނޫން ކަމަށެވެ.
ވަޔެކާނޯ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި އެ ކްލަބުގެ ރައީސް ރައުލް މާޓިން ޕްރޭސާ، އެ މައްްސަލަތުގެ ޒިންމާ ނަގަން ޖެހޭނެއެވެ. މިދިޔަ ސީޒަނުގެ ގިނަ މެޗުތަކެއްވެސް ވަޔެކާނޯ ސަޕޯޓަރުން ވަނީ ކޮންމެ މެޗެއްގެ 13 ވަނަ މިނެޓުގައި ޕްރެސާގެ އިސްތިއުފާއަށް ގޮވައިފައެވެ.
ރޭގެ މެޗުގެ 13 ވަނަ މިނެޓުގައި ދަނޑަށް ރަބަރު ބޯޅައާއި ކަރުދާސް ރޮކެޓް އުކުމުން މެޗު ވަނީ ހުއްޓާލަން ޖެހިފައެވެ. ރެފްރީ މެޗު ހުއްޓާލައި، ދަނޑަށް އެއްޗެހި ނުއުކަން ސްޓޭޑިއަމްގައ އިއުލާނުކުރިއެވެ. މެޗު އަލުން ފެށީ ދަނޑު މައްޗަށް އުކި އެއްްޗެހި ސާފުކުރުމަށްފަހު 15 ވަރަކަށް މިނެޓް ފަހުންނެވެ.
އެމެޗު 0-0 އިން ނިމުނު އިރު، އަތުލެޓިކް ކްލަބުން ވަނީ އަވޭ ސަޕޯޓަރުންނަށް ދިމާވި އުނދަގޫތަކާ ހެދި ޓިކެޓްގެ ރިފަންޑް ދޭން ބުނެފައެވެ.
ވަޔެކާނޯގެ ދަނޑުގެ ވިނަގަނޑުގެ ހާލަތު ގޯސްވެގެން މިދިޔަ ސީޒަނުގައި ކުޅުންތެރިން ވަނީ ލަލީގާއަށް ސިޓީއެއްވެސް ފޮނުވައިފައެވެ. އަދި ސަޕޯޓަރުން ކިއު ޖެހިގެން ކުޑަކުޑަ ގޮޅިއަކުން ޓިކެޓް ނަގަން ޖެހޭތީ އެކަމުގެ ޝަކުވާވެސް އަބަދު ސަޕޯޓަރުން އުފުލަމުންދާ އިރު، ވަޔެކާނޯއަކީ ވެބްސައިޓުން ޓިކެޓް ނުވިއްކާ ހަމައެކަނި ލަލީގާ ޓީމެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ކޮމެންޓް