ސްކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ކުރިން ބުނެފައިވަނީ އެ ހާދިސާއަކީ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމްކޮށްފައިވާ މައްސަލައެއް ކަމަށެވެ. އެ ހާދިސާ ހިނގައިފައިވަނީ މ، ފ، ދ، ތ އަދި ލ، އަތޮޅުގައި ހިމެނޭ ރަށެއްގައި މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައިގެ އަޕްޑޭޓެއް ދެމުން ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ޓީޗަރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ މަހުގެ 25 ގައި ޕީޖީއަށް ފޮނުވައިފައިވާ ކަމަށެވެ.
ފުލުހުން އެންމެ ފުރަތަމަ އެ ޓީޗަރު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ބަންދަށް ވަނީ 20 ދުވަސް ޖަހައިފައެވެ. އެފަހުން ވަނީ ބަންދަށް އިތުރު 30 ދުވަސް ޖަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު