ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ދިވެހި ޔޫތް ލީގުގެ 16 އަހަރުން ދަށު މުބާރާތުގައި އިއްޔެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބު އީގަލްސް ބަލި ކުރި އިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ހުއްރިއްޔާ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
އިއްޔެ ހަވީރު މާޒިޔާއިން އީގަލްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އީގަލްސްއިން ފުރަތަމަ ލީޑު ނެގި އިރު، އެ ގޯލު ޖެހީ މުހައްމަދު މުޝާޝްއެވެ. އޭގެފަހުން މާޒިޔާއިން ގޯލުތައް ޖެހި އިރު، އެ ޓީމުގެ ގޯލުތައް ޖެހީ ލޫތު ބިން އާއި ހުސައިން ޝާނެވެ.
ރޭ ކުޅުނު މެޗުގައި ސަސްއިން 6-0 ގެ ނަތީޖާ ހުއްރިއްޔާ ބަލި ކުރި އިރު، ސަސްގެ ގޯލުތައް ޖެހީ އަހުމަދު ލައިތު އައްބާސާއި އަހުމަދު އަފްނާން އަލީ، އާކިފް ބިން މުހައްމަދު އަދި އަބްދުﷲ އައިދަން ސާޖިދެވެ. އަފްނާން ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ގުޅިގެން ބާއްވާ ޔޫތު ލީގުގައި އަށް ޓީމަކުން ވާދަކުރެއެވެ.
ހެންވޭރު ދަނޑާއި ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ ލީގުގައި ބައިވެރިވެފައިވާ ކްލަބުތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޓެޑް ވިކްޓަރީ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ހުއްރިއްޔާ ސްޕޯޓްސް ކްލަބު (ހުރާ) އެވެ.
މިހާތަނަށް ލީގުގެ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ މެޗުތައް ފެށިގެން ކުރިއަށްދާ އިރު، 16 އަހަރުން ދަށުގެ ލީގު ފެށީ އާދީއްތަ ދުވަހުއެވެ.
ޔޫތު ލީގު
ޔޫތު ލީގު
ޔޫތު ލީގު
ޔޫތު ލީގު