ބޭ އޮފް ބެންގަލްގައި އުފެދުނު ތޫފާން ފެންގަލްގައި އިންޑިއާ އަދި ލަންކާއިން 19 މީހުން މަރުވެއްޖެއެވެ.

ބޭ އޮފް ބެންގަލްގައި އުފެދުނު ތޫފާނުގެ ބާގަދަވެ އެތޫފާން މިހާރު އިންޑިއާގެ ޓަމިލްނާޑޫ އަށް އަރާފައިވާ އިރު، ޓަމިލް ނާޑޫ އާއި ޕުޑުޗެރީ ރީޖަންގައި ވަނީ ފެންބޮޑުވެފައެވެ.

ލަންކާ އަދި އިންޑިއާ ގުޅޭ ސަރަހައްދުން ތޫފާން ދަތުރުކުރަމުން އަންނަ އިރު، އެ ދެގައުމުން މިހާތަނަށް 19 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓަމިލްނާޑޫއިން ތޫފާން މިހާރު ދަތުރުކުރަމުން އަންނަނީ އިންޑިއާގެ ޗެންނާއީ މަގުން އެގައުމުގެ އުތުރަށް ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

އިންޑިއާގެ އާމީއިން މީހުން ސަލާމަތް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ އިރު، ހާލުގައި ޖެހުނު މީހުންނަށް އަވަސް އެހީ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ތޫފާން އިންޑިއާއަށް އެރުމުގެ ކުރިން ލަންކާއަށް އަރާފައިވާ އިރު، ލަންކާއިން ޖުމްލަ 26 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލަންކާއިން 138،944 އާއިލާއަކަށް އަސަރުކޮށްފައިވާ ކަމަށް އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފައިވެއެވެ.