ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިޔުޑީސީ އާއި ގިނަ މުއައްސަސާތަކަކާ ގުޅިގެން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އެ ސިޓީގައި އާއިލީ ހަވީރެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ހަވީރު ކުރިޔަށްގެންދިޔައީ މިދިޔަ ހުކުރު އަދި ހޮނިހިރުގައެވެ. ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެ ހަވީރުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި ފައިސާގެ އެކި އިނާމުތައް ވަނީ ބައިވެރިންނަށް ހަވާލުކޮށްފައެވެ.
ތިނަދޫ ޑަބްލިޔުޑީސީގެ ނައިބު ރައީސާ ޖީޒާ ހަސަން މިއަދު "ވަން" އަށް ވިދާޅުވީ އާއިލީ ހަވީރެއް ބޭއްވުމުގެ މަގުސަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުން ކަމަށެވެ. އެ ހަވީރުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ކަމަށާއި އެ އާއިލީ ހަވީރުގެ ސަބަބުން ކުދިބޮޑު އެންމެންގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަށެވެ.
އެ ހަވީރުގެ ތެރެއިން ކުރިއަށްގެންދިޔަ ލަކީ ޑްރޯގައި ތިން ރެސްޓޯރަންޓަކުން ހަތަރު ފަރާތަކަށް ކެއުމެއް ހަމަޖެހިފައިވާ ކަމަށާއި ކުޑަކުދިންނަށް 50 ގިފްޓް ޕެކް ހަވާލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ޖީޒާ ވިދާޅުވީ އެ ހަވީރުގެ ތެރޭ ހިމެނުނު އޮބްސްޓެކަލް ރޭހުން އެއްވަނައަށް 3000 ރުފިޔާ، ދެވަނައަށް 1500 ރުފިޔާ އަދި ތިންވަނައަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކުރި ކަމަށާއި ސްޓޯލްތަކާއި ތަފާތު ސްޓޭޖު ހަރަކާތްތަކާއި އެކި ކަހަލަ މައުލޫމާތުދޭ ސްޓޯލްތަކާއި ގިނަ ކުޅިވަރުތަކާއި އަދި ރަށުގެ ކަނބަލުންގެ ކާބޯތަކެތީގެ ތަފާތު މަސައްކަތް ދައްކުވައިދޭ ސްޓޯލްތައް ބެހެއްޓިގެންދިޔަ ކަމަށެވެ.
"އޭގެ އިތުރުން ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ހާއްސަކުރެވިގެން ކުރިއަށްގެންދެވުނު ސްކްރީނިން ޕްރޮގްރާމްގައި ހެލްތު ސްކްރީނިން ކުރުން، ލޭގެ ޕްރެޝަރު ބެލުން، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ގައިގައިން ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުން ހިމެނޭ،" ޖީޒާ ވިދާޅުވިއެވެ.
- ދިރާގު
- ވެމްކޯ
- ނޯވާޓެކް
- އެމްއެންޔޫ
- ތިނަދޫ ސްކޫލް
- ތިނަދޫ ރޯވާރުނޭ
- ޖެންޑާ މިނިސްޓްރީ
- އުރީދޫ މޯލްޑިވްސް
- އަބޫބަކުރު ސްކޫލް
- ތިނަދޫ ސިޓީ ޕޮލިސް
- ގދ. އަތޮޅު ސްކޫލް
- ތިނަދޫ ސިޓީ ކައުންސިލް
- ބެންކް އޮފް މޯލްޑިވްސް
- ލޯކަލް ގަވާމަންޓް އޮތޯރިޓީ
- އައިޔޫއެމް-ތިނަދޫ އެލްސީ
- ތިނަދޫ ސިޓީ ސްޓޭޑިއަމް
- މޯލްޑިވްސް އިސްލާމިކް ބޭންކް
- ޑރ. އަބްދުއްސަމަދު މެމޯރިއަލް ސްކޫލް
- ވުމަން އެންޕަވާމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ޚަބަރު
ޚަބަރު
ޚަބަރު