މެދުރާއްޖެ ތެރޭގެ ރަށެއްގައި ދިހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި 51 އަހަރުގެ މީހާ، 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު އަދި ތ. އަތޮޅު ހިމެނޭ ސައުތު ސެންޓްރަލް ޕޮލިސްގެ ރަށަކުން އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 51 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައިވާ އިރު، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން ކުއްޖާގެ އަތޮޅާއި ރަށެއް ހާމައެއް ނުކުރެއެވެ.