ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ސެލްޓަ ވީގޯ ކައިރިން 2-2 އިން އެއްވަރުވެއްޖެއެވެ.
ބާސާއިން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި އެއްވަރުވި ނަމަވެސް އެޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެއީ 14 މެޗުން 34 ޕޮއިންޓާއެކުގަ އެވެ. ދެވަނައިގައި މިވަގުތު އެތުލެޓިކޯ 14 މެޗުން 29 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި ރެއާލް އޮތީ 12 މެޗުން 27 ޕޮއިންޓާއެކުގައެވެ. އެހެންކަމުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލަށް ބާސާއާ ގާތްކުރުމަށް ބޮޑު ފުރުސަތެއް ވަނީ ލިބިގެން ގޮސްފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ބާސާގެ ކެޕްޓަން ރަފީނިއާ އެޓީމަށް ލީޑު ނަގައިދިން އިރު، 61 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ދެވަނަ ގޯލެއް ޖަހައި ނަތީޖާ އިތުރަށް ފުޅާކޮށްފައެވެ.
ބާސާއަށް މެޗުގައި އުނދަގޫތަކެއް ދިމާވީ 82 ވަނަ މިނެޓުގައި 21 އަހަރުގެ މާކް ކަސަޑޯއަށް ރަތް ކާޑު ދެއްކުމުންނެވެ. އެހިސާބުން ސެލްޓާއިން މެޗަށް ވަދެ، އަލްފޯން ގޮންޒާލޭޒާއި ހޫގޯ އަލްވަރޭޒް ޖެހި ގޯލުތަކުން މެޗު އެއްވަރުކުރިއެވެ.
"ނަތީޖާ މިހެން ނުކުންނަން ޖެހުނީ ފަހުވަގުތު ދިމާވި ކަމަކުން އެކަންޏެއް ނޫން. އަހަރެމެން މިރޭ ކުޅުނީ ވަރަށް ވަރަށް ދަށް މެޗެއް. 100 ޕަސެންޓް މަސައްކަތް ނުކޮށް މޮޅެއް ނުވެވޭނެ. މުޅި މެޗުގައިވެސް މަސައްކަތް ކުރިތަނެއް ނުފެނޭ. އަހަރެން ތެދަށް މިބުނީ،" މެޗަށްފަހު ބާސާ ކޯޗު ހާންސީ ފްލިކް ބުންޏެވެ.
ފްލިކް ބުނީ މުޅި މެޗުގައިވެސް ބާސާގެ ރަސްމީ ފުޓުބޯޅަ ނުފެނުނު ކަމަށާއި، ރަނގަޅު ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ