ޗެލްސީގެ ކެޕްޓަން، އިންގްލެންޑްގެ ފުލް ބެކް ރީސް ޖޭމްސްއަށް އަނެއްކާވެސް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ކެރިއަރުގެ މިހާތަނަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ޖޭމްސްއަށް މިފަހަރު ކުރިމަތިވި އަނިޔާއަކީވެސް ފަލަމަސްގަނޑުގެ އަނިޔާއެކެވެ. މި ހަފުތާގައި ޗެލްސީން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ޖޭމްސްއަށް ނުކުޅެވޭނެ ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފައިވާއިރު، އަނިޔާވީ ޓީމުގެ ތަމްރީނުތަކުގެ ތެރެއިންނެވެ.
މިދިޔަ ސީޒަނުގައިވެސް ޖޭމްސްއަށް ބޮޑު އަނިޔާއެއްވެ، އޭނާ ވަނީ ސާޖަރީއަކަށް ދާން ޖެހިފައެވެ. އެ ސާޖަރީގެ ސަބަބުން މިދިޔަ ސީޒަނުގައި އޭނާއަށް ކުޅެވުނީ އެންމެ 11 މެޗެވެ.
މި ސީޒަން ފެށިއިރުވެސް ޖޭމްސް އަނިޔާގައި ހުރި އިރު، އެނބުރި އައީ އޮކްޓޯބަރު މަހު ތެރޭގައެވެ. އޭގެފަހުން ޖޭމްސް ފެނިގެން ދިޔައީ އެންމެ ހަތަރު މެޗުގައެވެ. 2019-20 ވަނަ އަހަރުގެ ސީޒަނަށްފަހު ޖޭމްސްގެ ކެރިއަރުގައި މިހާތަނަށް އަނިޔާގެ ސަބަބުން 129 މެޗެއް ގެއްލިފައިވާ އިރު، އެއީ ރެކޯޑު އަދަދެކެވެ.
އަނިޔާގެ ރެކޯޑެއް އޮތް ޖޭމްސްއަށް މިފަހަރު ލިބުނު އަނިޔާ އާއެކު ބައެއް ސަޕޯޓަރުން ވަނީ ނުރުހުންވެސް ފާޅުކޮށްފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ބައެއް ސަޕޯޓަރުން ބުނީ ޖޭމްސް މިހާރު ރިޓަޔާކުރަން ވެއްޖެ ކަމަށާއި މިހާރު ހުރި ހާލަތުގައި ދެން ފުޓުބޯޅަ ނުކުޅެވޭނެ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ޖޭމްސް ބުނީ، އޭނާއަށް އިހުތިރާމު ކުރުމަށެވެ. އަދި އަބަދުވެސް ދަތިވާ ކޮންމެ ހާލަތެއްގައި އިތުރަށް މަސައްކަތްކޮށް އެނބުރި އަންނާނެ ކަމަށާއި އެއްވެސް ވަރަކަށް އުންމީދު ކަނޑާނުލާ ކަމަށްވެސް ބުންޏެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ