ޑިފެންޑަރަކު ހޯދުމަށް ރެއާލް މެޑްރިޑުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދޭން ވެގެން އެ ކްލަބުގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް ފޯނުން ގުޅި ނަމަވެސް، ރާމޯސް އެނބުރި އެ ކްލަބަށް ދާން ކްލަބުން ބޭނުން ނުވާ ކަމަށް ނޫސްތައް ބުނެފިއެވެ.
ސްޕެއިންގެ ގަދަބާރު ރެއާލަށް މިދިޔަ ސީޒަން ކާމިޔާބު ނަމަވެސް، މި ސީޒަނުގެ މިހާތަނަށް އެޓީމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އަނިޔާގެ ގިނަ މައްސަލަތަކެއް ރެއާލަށް ދިމާވެފައިވާ އިރު، އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ބްރެޒިލް ޑިފެންޑަރު އެޑާ މިލިޓާއޯގެ ކަކުލަށް ބޮޑު އަނިޔާއެއް ވެ އޭނާ ވަނީ ސާޖަރީއަކަށް ދާން ޖެހިފައެވެ.
އޭގެ ކުރިން ޑޭވިޑް އަލާބާއަށްވެސް އަނިޔާވެ، ރެއާލަށް މިވަގުތު ގޮތް ހުސްވެފައިވާ އިރު، އެޓީމުން މިވަގުތު އަންނަނީ ޖެނުއަރީ ޓްރާންސްފާ ސީޒަނުގައި ޑިފެންޑަރަކު ހޯދަން މަސައްކަތް ކުރަމުންނެވެ.
އެ ކްލަބާ މިހާރުވެސް ބައެއް ކުޅުންތެރިން އަމިއްލައަށް ގުޅަމުން އަންނަ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ 16 އަހަރު ރެއާލްގައި ހޭދަކުރި ކުރީގެ ކެޕްޓަން ރާމޯސްއެވެ.
ސްޕެއިންގެ އިތުބާރު ނޫހެއް ކަމަށްވާ "މަރްކާ" އިން ބުނީ ރެއާލަށް އެނބުރި ދިޔުމުގެ ވިސްނުން ރާމޯސްގެ އެބަހުރި ކަމަށާއި، އެ ވިސްނުމާއެކު އޭނާ ކްލަބަށް ގުޅި ކަމަށެވެ. އެހެން ނަމަވެސް އެ ކްލަބުން މިވަގުތު ރާމޯސް އަނބުރާ ގެންދަން ބޭނުން ނުވާ ކަމަށްވެސް އެ ނޫހުން ބުންޏެވެ.
ރާމޯސް މިވަގުތު ކުޅެމުން އަންނަ ސެވިއްޔާއަކީ އޭނާ ކެރިއަރު ފެށި ކްލަބެވެ. ރެއާލްގައި ކެރިއަރުގެ ބޮޑު ބައެއް ހޭދަކޮށް، އެތައް ކާމިޔާބީއެއް ހޯދި ރާމޯސް ވަނީ 2021 ވަނަ އަހަރު ރެއާލް ދޫކޮށްލައި، ޕީއެސްޖީއަށްވެސް ކުޅެފައެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް