ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މާކެންޓައިލް އިންޓަ އޮފީސް-ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ފައިނަލްގެ ފުރަތަމަ ޖާގަ ޕޮލިސް ކްލަބުން ހޯދި އިރު، ސެމީ ފައިނަލުގައި ކްލަބު ވެމްކޯއާއި ކްލަބު އިމިގްރޭޝަންސް ވާދަކުރަން ޖެހިއްޖެއެވެ.
މިފަހަރުގެ އިންޓަ އޮފީސް-ކޮމްޕެނީ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގައި ޖުމުލަ ހަތަރު ޓީމަކުން ވާދަކުރަމުން ދެއެވެ. އެއީ ޕޮލިސް ކްލަބާއި ވެމްކޯގެ އިތުރުން އިމިގްރޭޝަންސް އަދި އެސްޓީއޯ އެވެ.
ލީގު ބުރުގެ ކުޅުން މިހާރު ނިމިފައިވާ އިރު، ކުޅުނު ތިން މެޗުންވެސް މޮޅުވެ އެއްވަނައިގައި ނިންމާލީ ޕޮލިސް ކްލަބެވެ. ދެވަނައިގައި ވެމްކޯއިން ނިންމާލީ ދެމެޗުން މޮޅުވެގެންނެވެ. ތިންވަނައިގައި އިމިގްރޭޝަންސް ނިންމާލީ ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެންނެވެ. އެސްޓީއޯއަށް މޮޅެއް ނުލިބި ފައިނަލުގެ އުންމީދު ވަނީ ގެއްލިފައެވެ.
މުބާރާތުގެ ތާވަލު އޮތް ގޮތުން ލީގު ބުރުގެ އެއްވަނަ ޓީމު ސީދާ ފައިނަލަށް ދާނެއެވެ. ދެން ފައިނަލަށް ދާ ޓީމު ކަނޑައަޅާނީ ސެމީ މެޗުންނެވެ. އެ މެޗުގައި މިއަދު ހަވީރު ވެމްކޯއިން އިމިގްރޭޝަންސްއާ ދެކޮޅަށް ނުކުންނާނީ 4:15 ގައެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ދަނީ ހުޅުމާލޭގެ އެޗްޑީސީ ވޮލީ ކޯޓުގައެވެ.
އިމިގްރޭޝަނާއި ވެމްކޯ ލީގު ބުރުގައި ވާދަކުރި މެޗު ވެމްކޯއިން ގެންދިޔައީ 3-1 ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު އިމިގްރޭޝަނުން 28-26 އިން ގެންދިޔަ ނަމަވެސް، ދެން ކުޅުނު ސެޓުތައް ވެމްކޯއިން ވަނީ 25-17، 26-24 އަދި 27-25 އިން ގެންގޮސްފައެވެ.
މިފަހަރުގެ އިންޓަ އޮފީސް-ކޮމްޕެނީ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މެޗުތައްވެސް މިހާރު ކުރިއަށް އެބަދެއެވެ. ފިިރިހެން ޑިވިޝަނުގައި އިމިގްރޭޝަނާއި އެމްއެންޑީއެފް އަދި ޕޮލިހާއި ސްޕޯޓްސް މިނިސްޓްރީ ވާދަކުރަމުންދާ އިރު، ލީގު ބުރު ނިމޭނީ މިރޭ ސިފައިންނާއި އިމިގްރޭޝަންސް ވާދަކުރާ މެޗުންނެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން