ކާރު އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެކުއެޑޯ ގައުމީ ޓީމުގެ މިޑްފީލްޑަރު މާކޯ އެންގޫލޯ މިއަދު މަރުވެއްޖެއެވެ.
އުމުރުން އެންމެ 22 އަހަރުގެ އަންގޫލޯ މަރުވެފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިން، އޮކްޓޯބަރު ހަތްވަނަ ދުވަހު ހިނގި ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މިވަގުތު ކުޅެމުންދާ ކްލަބަކީ އެކުއެޑޯގެ އެލްޑީޔޫ ގީޓޯއަށެވެ.
އެކުއެޑޯ ގައުމީ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އެންގޫލޯ މަރުވީ އައިސީޔޫގައި އޮއްވައި ކަމަށާއި، އޭނާގެ ކުއްލި ވަކިވުމަކީ އެކުއެޑޯ ފުޓުބޯޅައަށް ކުރިމަތިވި ބޮޑު ހިތާމައެއް ކަމަށެވެ. އަދި އެކަމުގައި އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
އެންގޫލޯ މިހާރުގެ ކްލަބާ ގުޅުނީ މިދިޔަ މާޗު މަހުއެވެ. އެއީ އެމްއެލްއެސް ކްލަބު އެފްސީ ސިންސިނާޓީއަށް ކުޅުމަށްފަހުއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 16 މެޗު ކުޅެފައެވެ. އެންމެފަހުން މެޗު ކުޅުނީ އެކްސިޑެންޓްވި ދުވަހުގެ ކުރީ ދުވަހު އޮތް މެޗުގައެވެ.
މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރު ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅުނު އެންގޫލޯއާއެކު ކާރުގައި އިން އޭނާގެ އެކުވެރިއެއް ކަމަށްވާ އިންޑިޕެންޑިއެންޓޭ ޑެލް ވާލޭގެ ކުޅުންތެރިޔާ ރޮބާޓޯ ކަނޭޒާސްއާއި އެހެން އެކުވެރިއެއް ކަމަށްވާ ވިކްޓޯ ކާކޯޕާވެސް ކާރު އެކްސިޑެންޓުގައި ވަނީ މަރުވެފައެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ