ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ނާހިލް އަހްމަދު ސިއްދީގު ހަމަޖައްސައިފިއެވެ.
ނާހިލް އެމަގާމަށް ހަމަޖައްސާފައިވާކަން އެފްއޭއެމްގެ ނޯމަލައިޒޭޝަންގެ ޗެއާމަން އަހުމަދު ޒުހޫރު ވަނީ "ވަން ސްޕޯޓްސް"އަށް ޔަގީން ކޮށްދެއްވައިފައެވެ.
މީގެ ކުރިންވެސް އެފްއޭއެމްގައި މަސައްކަތް ކޮށްފައިވާ ނާހިލަކީ ބިޒްނަސް މެނޭޖްމެންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ މީހެކެވެ. އޭގެ އިތުރުން އޭއެފްސީން ބޭއްވި ފުޓްބޯޅަ މެނޭޖްމެންޓްގެ ކޯހެއްވެސް ނާހިލް ފުރިހަމަކޮށްފައިވާ އިރު، އޭނާ ވަނީ މީގެ ކުރިން އެފްއޭއެމްގެ މުބާރާތްތަކާ ގުޅޭ ޑިޕާޓްމަންޓްގައިވެސް މަސައްކަތްތަކެއް ކޮށްފައެވެ.
ނާހިލް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކޮށްފައި ވަނީ އެކަމަށް އިއުލާނުކޮށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ތައުލީމާއި ތަޖުރިބާއަށް ބެލުމުގެ އިތުރުން އިންޓަވިއު މަރުހަލާވެސް ފުރިހަމަ ކުރުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި އެންމެ ފަހުން ހުރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ. ނޯމަލައިޒޭޝަން ކޮމިޓީއާ އެފްއޭއެމް ހަވާލުވިއިރުވެސް ޖައު އެމަގާމުގައި ހުރި އިރު، އެ ކޮމިޓީގެ އެދުމަށް އޭނާ ވަނީ ކޮމިޓީއާއެކުވެސް އެ މަގާމުގައި މަސައްކަތް ކޮށްފައެވެ.
އުމުރުން 24 އަހަރުގެ ނާހިލް އެންމެފަހުން މަސައްކަތް ކޮށްފައި ވަނީ ސްޕޯޓްސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް