ރާއްޖޭގެ ފުޓުބޯޅަ މިހާރު އޮތް ހާލަތުން، ޒުވާން ކުޅުންތެރީން އުފައްދަން މަސައްކަތް ކުރާ އެކަޑެމީތަކަށް ދޭން ޖެހޭ ސަމާލުކަން ބޮޑުކުރަން ޖެހޭ ކަމަށް ނައިބު ރައީސް، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު ވިދާޅުވިއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އިއްޔެ ބޭއްވި މައިލޯ އެކަޑެމީ ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުންނެވެ.
އިއްޔެ ނަސްރުގެ ދުވަހު ރަސްމީ ހަރަކާތްތައް ޖުމްހޫރީ މައިދާނުގައި ކުރިއަށް ދަނިކޮށްވެސް، އެތަނަށް ވަޑައިގަތުމުގެ ބަދަލުގައި އެކަޑެމީ މުބާރާތް ނިންމި ތަނަށް ވަޑައިގަތް ސަބަބީ، މި ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޑަކުދީންގެ މުސްތަގުބަލަށް ވިސްނަވާ ވިސްނުންފުޅު، ބޮޑުވުމުން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.
"ރާއްޖޭގެ ފުޓުބޯޅަ މިއަދު އޮތް ހާލަތަށް ވިސްނާފައިވެސް މިއީ (އެކަޑެމީ މުބާރާތްތައް ބޭއްވުމަކީ) ވަރަށް މުހިއްމު ކަމެއް ދެކެން. ހާއްސަކޮށް މުބާރާތުން ވަރަށް ޅަ، ހުނަރުވެރި ކުދީން ފެނިގެން ގޮސްފި. އެ ފެންނަނީ ދަރީންތަކަކަށް ބެލެނިވެރީން ކުރަމުން އަންނަ ހޭދަ. އެހެންކަމުން އެ ހޭދައަށް އެކަށީގެންވާ ބަދަލެއް ދޭން ސަރުކާރުން ބޭނުންވޭ. އެ ބެލެނިވެރީންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭން ސަރުކާރަށް ދެވެން އޮތް އެއްބާރުލުމެއް ދޭނަން،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ ގައުމީ ފުޓުބޯޅަ ކުރިއެރުވެން އޮތީ، ކޮންމެ ކުއްޖަކުވެސް، ގައުމީ ފެންވަރުގައި، ގައުމީ ރޫހުގައި ކުޅެން މަސައްކަތްކޮށްގެން ކަމަށެވެ. ހާއްސަކޮށް އެންމެ ކުޑައިރުން ފެށިގެންވެސް ގައުމީ ޖޯޝުގައި ކުޅެން ތައްޔާރުވާން ޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު