މަޖީދީ މަގުގައި ހުންނަ ޒިއޯން މޯބައިލްސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ އެ ފިހާރާއިން ވައްކަންކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 5:35 އެހާކަންހާއިރު ކަމަށެވެ. ފަހުން ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 47 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.
އެ ވީޑިއޯއިން ފެންނަނީ ފިހާރަ ކައިރިން ހިނގައިފައި ދާ މީހަކު އަތުގައި އޮތް އެއްޗަކުން ޖަހައި ބިއްލޫރިގަނޑު ތަޅާލާ މަންޒަރެވެ. އެ މީހާ ހުރީ ބޮލުގައި ތޮތްޕެއް އަޅައިގެން އަދި ރޮނގު ދެމި ޓީޝާޓެއް ލައިގެންނެވެ. ބިއްލޫރިގަނޑު ތަޅާލުމަށްފަހު އެ މީހާ އެތަނަކަށް ނުވަދެއެވެ.
ނަމަވެސް ވަގުތުކޮޅެއް ފަހުން އެ މީހާ ވަނީ ފިހާރައަށް ވަދެ ކަބަޑުތައް ހާވައި ބެލުމަށް ފަހު އަގުބޮޑު ފޯނުތައް ކޮތަޅުތަކަށް އަޅައިގެން ގޮސްފައެވެ. އެއިރު އެ ސަރަހައްދުގައި މީހުން ވެސް އުޅޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު