އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ ބޮޑުކުރުމަށް ބޭނުންވާ ފައިސާ އިއްޔެ ލިބިފައިވާ ކަމަށް ފިޝަރީޒް މިނސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދިދީ މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އަހްމަދު ދީދީ މިނިސްޓަރާ ސުވާލު ކުރެއްވީ، އައްޑޫ ސިޓީގެ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ ބޮޑުކުރުމަކީ މިސަރުކާރުގެ ވައުދަކަށްވާއިރު، އެ މަސައްކަތް ފެށޭނެ ދުވަހެއް ސާފު ކުރެއްވުމަށެވެ. ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކެޕޭސީޓީ ނެތުން ކަމަށެވެ.
"އެންމެފުރަތަމަ ފެލިވަރު އޮޕަރޭޝަނަށް އައިފަހުން 47 އަހރު ވެގެންދިޔައިރު އޭރު ފެސިޓީ ފެށުނުގޮތާ މިއަދަކާ މާބޮޑު ތަފާތެއް ނެތް، މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަބން މާބޮޑު ކަމެއް ކުރެވިފައެއް ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިފްކޯ ވުޖޫދުވިފަހުން 28 އަހަރުވީއިރު މަސްވެރިކަން އިތުރަށް ތަރައްގީކުރެވިފައިނެތުން ވެސް އެއީ ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް ފަންޑިން އެޖެންސީތަކާއެކު ދެއްކެވި ވާހަކަތަކަށްފަހު، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)ގެ ފަރާތުން މިފްކޯގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެ ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އަންނަ އަހަރުގެ ކުރީކޮޅު އެތަނުގެ މަސައްކަތް ފަށައި، އެ އަހަރުގެ ފަހުކޮޅު ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ނިންމައިލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން މިހާރު އެތަނުގައި މަސްތަތް ކުރުމުގެ ކެޕޭސިޓީ 1500 ޓަނުން 2500 ޓަނަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި ބްރައިން ފްރީޒިން ކެޕޭސިޓީ 50 ޓަނުން 100 ޓަނަށް އިތުރު ކުރެވި، ދުވާލެއްގެ މައްޗަށް 100 ޓަނުގެ މަސް ގަނެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު