ފްރާންސްގެ ޕެރިހުގައި މިހާރު ފެށިގެން ކުރިއަށްދާ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ އެވޯޑު ހަފުލާ، ބެލޮންޑިއޯ ހަފުލާ ރެއާލް މެޑްރިޑުން ބޮއިކޮޓް ކޮށްފިއެވެ.
ފްރާންސްގެ ފުޓުބޯޅަ ނޫހެއް ކަމަށްވާ، ފްރާންސް ފުޓުބޯޅައިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑުގެ، މިއަހަރުގެ ހާއްސަ ހަފުލާ ފްރާންސްގެ ޕެރިހުގައި ފެށިގެން ކުރިއަށްދާ އިރު، އެ އިވެންޓަށް ރެއާލް މެޑްރިޑްގެ ކޯޗު، މެނޭޖުމަންޓްގެ އިތުރުން ކުޅުންތެރިޔަކުވެސް ގޮސްފައެއް ނުވެއެވެ. އިތުބާރު ނޫސްތަކުން ބުނީ ރެއާލުން ހަފުލާ ބޮއިކޮޓް ކުރީ، އެ ކްލަބުގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާއަށް މިއަހަރުގެ ބެލޮންޑިއޯ ނުލިބޭނެ ކަން ޔަގީންވުމުންނެވެ. ވިނީޝިއަސްއަކީ ބެލޮންޑިއޯ 2024 ގެ ފެވަރިޓެއްގެ ގޮތުގައި އޮތް އިރު، ރެއާލުން ގަބޫލުކުރާ ގޮތުގައި އޭނާއަށް އެވޯޑު ލިބުން މިފަހަރު ހައްގެވެ.
އެހެންކަމުން، އެވޯޑު ނުލިބޭނެކަން ކްލަބަށް ޔަގީންވުމުން ހަފުލާ ބޮއިކޮޓް ކުރަން ނިންމީ ވިނީޝިއަސްގެ ދިފާއުގައި ކަމަށްވެސް ނޫސްތައް ބުނެއެވެ. މިރޭގެ ހަފުލާގައި ފިރިހެން އެންމެ މޮޅު ކްލަބަކަށް ރެއާލް ހޮވުނު އިރު، އެ އެވޯޑު ބަލައި އެއްވެސް މީހަކު ސްޓޭޖަށް އަރާފައެއް ނުވެއެވެ.
ވިނީޝިއަސްއަށް އެވޯޑު ނުލިބޭނެ ކަމަށް ބަލައި، އޭނާގެ ގާތް ރަހުމަތްތެރިންނާއި ބައެއް އެކުވެރި ކުޅުންތެރިންވެސް ވަނީ ބެލޮންޑިއޯއަށް ފާޑު ކިޔައި، ސޯޝަލް މީޑިއާގައި އަޑު އުފުލައިފައެވެ. އެގޮތުން ބައެއް އެކުވެރިންގެ ސޯޝަލް މީޑިއާގައި ބެލޮންޑިއޯގެ ނާއިންސާފު ކަމަށް ފާޑު ކިޔާފައިވެއެވެ. އެގޮތުން ބެލޮންޑިއޯ ނުދެނީ ވިނީޝިއަސްއާ ނަސްލީ ގޮތުން ޖައްސާލާފައި އޮތުމުން ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
ވިނީޝިއަސް، މިދިޔަ ސީޒަނުގައި ރެއާލާއެކު ޗެމްޕިއަންސް ލީގާއި ލަ ލީގާ ކާމިޔާބުކުރި އިރު، ގިނަ ބައެއްގެ ނަޒަރުގައި މިވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި، އެންމެ ބޭނުންތެރި ކުޅުންތެރިޔާއެވެ. ހާއްސަކޮށް ރެއާލުން ނެގި ޗެމްޕިއަންސް ލީގުގެ ފަހަތުގައި ވަނީ އޭނާގެ ޖާދުލެވެ. މުހިއްމު ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް އޭނާ ގޯލު ޖެހިއެވެ.
މީގެ ކުރިން ރެކޯޑު އަށްވަނަ ފަހަރަށް އެވޯޑު ހޯދި ލިއޮނަލް މެސީ އާއި މިހާތަނަށް ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯވެސް ގަދަ 30 ގައި ހިމެނިފައި ނުވާ އިރު، ރޮޑްރީއަކީ ފެވަރިޓެއްގ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު