އަމިއްލަ އެވޯޑުތަކަށްވުރެ ފުޓުބޯޅައިގައި މުހިއްމީ ޓީމަށް ލިބޭ ތަށިތައް ކަމަށް އިންގްލެންޑްގެ ކެޕްޓަން، ބަޔާން މިއުނިކްގެ ތަރި ހެރީ ކޭން ބުނެފިއެވެ.
ދުނިޔޭ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑު، ފްރާންސް ފުޓުބޯޅައިގެ ބެލޮންޑިއޯ އެވޯޑު 2026 ހެރީ ކޭން ހޯދީ މިދިޔަ ސީޒަނުގައި ތަފާތު ދެއްކުމަށްފަހުއެވެ. އެއީ ކޭންއަށް ލިބުނު އެންމެ ޝަރަފުވެރި ޓްރޮފީއެވެ.
އިންގްލެންޑާއެކު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ އެގައުމުގެ ކެޕްޓަން ކޭންއަކީ މިދިޔަ ސީޒަނުގެ ޔޫރަޕްގެ ޓޮޕް ސްކޯރާއެވެ. އޭނާ ވަނީ 61 ގޯލް މިދިޔަ ސީޒަނުގައި ޖަހައި، ހަތް އެސިސްޓް ފުރިހަމަކޮށްފައެވެ. އެއީ 51 މެޗުންނެވެ. ކޭން ބަޔާންއާއެކު ޑޮމެސްޓިކް ހުރިހާ ތަށްޓެއް ހޯދައި، ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ކުޅުނެވެ.
ޖަރުމަނު ލީގުގައި އޭނާ 31 މެޗުން 36 ގޯލް ޖަހާފައިވެއެވެ. އަދި ޗެމްޕިއަންސް ލީގުގައި 13 މެޗުން 14 ގޯލް ޖަހައި، އިންގްލެންޑަށް މިދިޔަ ސީޒަނުގައި 12 ގޯލް ޖަހައިދިނެވެ. އޭގެ ތެރޭގައި ވޯލްޑް ކަޕްގައި ޖެހި ހަ ގޯލް ހިމެނެއެވެ.
ކޭންއަށް މިހާތަނަށް ގައުމީ ޓީމާއެކު ފައިނަލްތަކުން ނާކާމިޔާބުވެފައިވާ އިރު، ޗެމްޕިއަންސް ލީގު ތަށްޓެއްވެސް ލިބިފައެއް ނުވެއެވެ.
"ފުޓުބޯޅަ ކުޅޭ ސަބަބަކީ ޓީމާއެކު ތަށި ހޯދުން. އަހަންނަށް މުހިއްމީ ޓީމު. ބެލޮންޑިއޯއަކީ އަހަރެންގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ޝަރަފު. އެކަމަކުވެސް އަހަންނަށް ބޭނުން ވަނީ ޓީމާއެކު އެ ހޯދާ ކާމިޔާބީ. ބެލޮންޑިއޯއަށްވުރެ ބޮޑަށް އަހަރެން ބޭނުން ވަނީ ޗެމްޕިއަންސް ލީގު. އެކަމަކު ބެލޮންޑިއޯއާއެކު ޗެމްޕިއަންސް ލީގު ލިބުން ވެގެންދާނީ ހާއްސަ ކަމަކަށް،" ކޭން ބުންޏެވެ.
ބަޔާނުން ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެން ތައްޔާރުވެފައިވާ އިރު، ބަޔާން މިވަގުތު އޮތީ 14 ވަނައިގައެވެ. އެއީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ. ބަޔާނަށް ތިން މެޗުން މޮޅުވެވިފައި އޮތީ އެންމެ މެޗަކުންނެވެ.
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ކޮމެންޓް