ބަޔާން މިއުނިކުން ރޭ ޖަރުމަނު ލީގުގައި ކުޅުނު މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ބޮޗުމް ބަލިކޮށްފިއެވެ.
ބަޔާނުން ރަށުން ބޭރުގައި ރޭ ބޮޗުމް ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފުތާ ތެރޭ ޗެމްޕިއަންސް ލީގުގައި އެޓީމުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި 4-0 އިން ބަލިވެފައިވާ އިރު، އެ ބަލީގެ ހަނދާން ނައްތާލައި، ރޭ ހޯދި ތަފާތު ބޮޑު މޮޅާއެކު ލީގު ތާވަލުގެ އެއްވަނައަށް ވަނީ ޖެހިލައިފައެވެ.
ބަޔާނުން މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ އަށް މެޗުން 20 ޕޮއިންޓާއެކުގައެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައި ބަޔާން އަދި ބަލިވެފައެއް ނުވެއެވެ. ދެވަނައިގައި އޮތް އާރްބީ ލެއިޕްޒިގްވެސް އަދި މި ސީޒަނުގައި ބަލިވެފައިނުވާ އިރު، އެޓީމުން ދެވަނައިގައި އޮތީ އަށް މެޗުން 20 ޕޮއިންޓާއެކުގައެވެ. ބަޔާނާ ދެޓީމުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެކެވެ. ޖަރުމަނު ލީގުގެ ތިންވަނައަކީ މިވަގުތު މިދިޔަ ސީޒަނުގެ ޗެމްޕިއަން ބަޔާން ލެވަކޫސަންއެވެ. އެއީ އަށް މެޗުން 15 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގެ 15 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލީޑު ނަގައިފައެވެ. އެއީ މައިކަލް އޮލީސޭގެ ހިތްގައިމު ހިލޭ ޖެހުމަކުން ބަޔާން ކާމިޔާބުކުރި ގޯލެކެވެ. ބަޔާނުން އެންމެފަހުން ކުޅުނު އަވޭ ފަސް މެޗުގައިވެސް އޮލީސޭ ގޯލު ޖަހާފައިވާ އިރު، އޭނާ ވެފައިވަނީ ކޭންގެ އިތުރުން އެ އެ ޝަރަފު ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ބަޔާނުން ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖަހާފައިވާ އިރު، އެ ގޯލު ޖެހީ ޖަމާލް މުސިއާލާއެވެ. ފޯމުގައި ފުރަތަމަ ހާފުވެސް ނިންމާލި ބަޔާނަށް ދެވަނަ ހާފުގައި އިތުރު ގޯލުތައް ޖަހައިދިނީ ހެރީ ކޭންއާއި ލެރޮއި ސާނޭ އަދި ކިންގްސްލީ ކޯމަންއެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ