އިންގްލެންޑް ކެޕްޓަން ހެރީ ކޭން، ބަޔާން މިއުނިކަށް ޖަހައިދިން 150 ވަނަ ގޯލާއެކު އެޓީމުން އެލްވާސްބާގު ބަލިކޮށްފިއެވެ.
އަލަށް ޖަރުނު ފުރަތަމަ ޑިވިޝަނުގައި ކުޅެމުންދާ އަލްވާސްބާގު ކައިރިން ބަޔާން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް އެލްވާސްބާގު ވަނީ ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން އެޓީމު އޮތީ ބަޔާން ލެވަކޫސަންއާއި ބްރޫޝިއާ މޮންޗެންގްލެޑްބަޗް ބަލިކޮށްފައެވެ. ރޭ ބަޔާން ކައިރީވެސް އެޓީމު ވަނީ ހިތްވަރު ކޮށްފައެވެ.
ރަށުން ބޭރުގައި ކުޅުނު ބަޔާނުން ވަނީ 26 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލް ޖަހައިދިނީ ލެނަޓް ކާލްއެވެ. އިސްމާއީލް ސައިބާރީގެ ހުރަސް ކޭން ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ދިޔުމާއެކު އޭނާ ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލައިފައެވެ.
ދެވަނަ ހާފުގައި މައުރީސް ކްރެންޓެންމަޗާ ޖެހި ހިތްގައިމު ގޯލުން އަލްވާސްބާގު އެއްވަރުކުރި ނަމަވެސް، 72 ވަނަ މިނެޓުގައި ކޭން ވަނީ ގޯލް ޖަހައިފައެވެ. އެ ގޯލުން ބަޔާން މޮޅުވި އިރު، ކޭން މިހާތަނަށް ޖަރުމަނު ލީގުގައި ކުޅުނު 97 މެޗުގައި 99 ގޯލް ޖަހާފައިވެއެވެ. ރޭގެ މެޗުގައި އޭނާ ޖެހި ގޯލަކީ މިސީޒަނުގައި ޖެހި ފުރަތަމަ ލީގު ގޯލެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ކޮމެންޓް