ޖަރުމަނު ބުންޑަސްލީގާގައި ރޭ ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ރަށުން ބޭރުގައި އޮއުސްބާގާ އެއްވަރުވެއްޖެއެވެ.
ރަށުން ބޭރުގައި އޮއުސްބާގު ކައިރިން ބަޔާން އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
ޑޯޓްމުންޑާއި ބަޔާން، ފްރީބާގް އަދި ބަޔާން ލެވަކޫސަންވެސް ތާވަލުގެ އެއްވަނައިގައި ވާދަވެރިކޮށް ފެންނަ އިރު، ރޭގެ މެޗުން މޮޅުވެ ބަޔާނަށް އެއްވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. އެއީ ޑޯޓްމުންޑުން ހުކުރު ދުވަހުގެ ރޭ ވާޑާ ބްރެމެންއާ ދެކޮޅަށް ކުޅުނު މެޗުގައި 2-2 އިން އެއްވަރުވުމުންނެވެ.
ޑޯޓްމުންޑުން މިވަގުތު އެއްވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކުގައެވެ. ބަޔާން ދެވަނައިގައި، ފަސް މެޗުން 11 ޕޮއިންޓާއެކު އޮތް އިރު، ފްރީބާގުން ހަތަރު މެޗު ކުޅެ، 10 ޕޮއިންޓް ހަމަކޮށްފައިވެއެވެ. ލެވަކޫސަންއިން ފަސް މެޗު ކުޅުނު އިރު، އެޓީމަށްވެސް ވަނީ 10 ޕޮއިންޓް ލިބިފައެވެ.
ރޭ ބަޔާނުން ކުޅުނު މެޗުގައި އެޓީމުގެ ކީޕަރު މެނުއަލް ނޯޔާ ހެދި ގޯހަކުން، އޮއުސްބާގުން ލީޑު ނެގިއެވެ. ރޮބިން ފެލައުއާ ޖެހި އެގޯލް ފެނިގެން ދިޔައީ އަށް ވަނަ ސިކުންތުގައެވެ. އެ ގޯލަކީ ޖަރުމަނު ލީގުގެ ތާރީހުގައިވެސް ފެނިގެން ދިޔަ އެންމެ އަވަސް ގޯލެވެ. އެ ގޯލް ފެލައުއާ ޖެހީ ޖަރުމަނު ކީޕަރު މެނުއަލް ނޯޔާގެ ގޯހަކުންނެވެ.
އޭގެ ފަހުން 35 ވަނަ މިނެޓުގައި ކޯނަރެއްގައި ކްރިސްލައިން މަޓްސީމާއަށް ލިބުނު ފުރުސަތުގައި އޮއުސްބާގުން ނަތީޖާގެ ފަރަގު ފުޅާކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
ހާފު ނިމެން ދަނިކޮށް ހެރީ ކޭން ފޮނުވާލި ބޯޅައެއް ދަނޑިއަށް އަމާޒުވި އިރު، ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ބަޔާން އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިނީ އިސްމާއީލް ސައިބާރީގެ ހުރަސް، ލުއިސް ޑިއާޒް ވެއްޓިގެންފައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
އޮއުސްބާގުގެ ދެވަނަ ގޯލް ފިން ޑަހްމެން ޖަހައިދީ، އެޓީމަށް މޮޅެއް ހޯދައިދޭން އުންމީދު ހޯދި ނަމަވެސް، ސައިބާރީގެ ގޯލާއެކު ބަޔާނުން ވަނީ މެޗު އެއްވަރު ކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ކޮމެންޓް