ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 5:30 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ ހިޔާ 13 ފުލެޓު ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ތެރެއަށް މީހަކު ވަދެ ވައްކަންކުރަން އުޅުނު މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ނ. މާޅެންދޫ/ ފެހިއައްސޭރި، އަހުމަދު ރިސްފާން 32އ. ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މިއަހަރުގެ ތެރޭގައި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ ގިނަ މައްސަލަތަކެއް ފުލުހަށް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން މިދިޔަ މާޗް މަހުގެ ތެރޭގައި ޓްރާންސްފޯމަރަކުން ވައްކަން އުޅުނު މީހަކު ވަނީ ކަރަންޓުގައި ޖެހި މަރުވެފައެވެ.