ދެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ފުލުހުން ރޭ ބުނި ގޮތުގައި އެ އެކްސިޑެންޓުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 7:34 އެހާކަންހާއިރު ކަމަށެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ގުޅިފަޅު ކައިރިން ދެ ލޯންޗް ޖެހިގެން ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އެ ހާދިސާގައި 20 މީހަކު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކަށް މިހާރު ވެސް އެމެޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލުތަކެއް ހާމައެއް ނުކުރެއެވެ.
ފަރުވާ ދިނުމަށްފަހު 18 މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު