ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ސެލްޓަ ވީގޯ ބަލިކޮށްފިއެވެ.
ރޭ ރަށުން ބޭރުގައި ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު އެންމެފަހުގެ ޗެމްޕިއަން ރެއާލް އޮތީ ސްޕެނިޝް ލީގު ތާވަލުގެ ދެވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްގެންނެވެ. މިހާތަނަށް ބާސާއިން ނުވަ މެޗުން 24 ޕޮއިންޓް ހޯދާފައިވާ އިރު، އެ އަދަދަށް ރެއާލަށް ޕޮއިންޓް ލިބިފައި ވަނީ 10 މެޗު ކުޅެގެންނެވެ.
ރޭގެ މެޗުގެ ދެވަނަ ހާފަށް ރެއާލްގެ ލެޖެންޑަރީ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ކުޅެން ނުކުމެފައިވާ އިރު، އުމުރުން 39 އަހަރާ 40 ދުވަހުގެ ތެރޭގައި އޭނާ ވެފައި ވަނީ އެ ކްލަބު ތާރީހުގައި މެޗެއް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. ބަދަލަކަށް ނުކުމެ މޮޑްރިޗް ވަނީ ޓީމު މޮޅުކޮށްދޭން ރަނގަޅު އެސިސްޓެއް ފުރިހަމަ ކޮށްދީފައެވެ.
މެޗު ފެށިގެން 20 ވަނަ މިނެޓުގައި ރެއާލް ވަނީ ލީޑު ނަގައިފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން ކިލިއަން އެމްބާޕޭ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ހިތްގައިމު ގޯލެކެވެ.
ސެލްޓާއިން ވެސް ފުރަތަމަ ހާފުގައި ނުރައްކާ ކުރަމުން ދިޔަ އިރު، ވިލިއޮޓް ސްވެޑްބާގަށް ހުސްކޮށް ލިބުނު ފުރުސަތު އޭނާ ނަގާލިއެވެ. ކައުންޓާގައި ނުރައްކާ ކުރަމުން ދިޔަ ސެލްޓާ، ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ވެސް ކުރިއެވެ. އެއީ އޮސްކާ މިންގުއޭޒާ ދިން ބޯޅައިން ސްވެޑްބާގު ޖެހި ގޯލަކުންނެވެ.
އެ ގޯލާ އެކު މެޗު އެއްވަރުވާން ދަނިކޮށް، މޮޑްރިޗާއި ވިނީޝިއަސްގެ ރަނގަޅު ކޮމްބިނޭޝަނަކާ އެކު ރެއާލް މޮޅުވީ 66 ވަނަ މިނެޓުގައި ވިނީޝިއަސް ޖެހި ގޯލުންނެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ