އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އާއިޝަތު އަޒީމާ އައްޔަން ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އަޒީމާއަަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވީ އިއްޔެއެވެ.
އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އަޒީމާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ އެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބުގެ ބަދަލުގައެވެ.
އަޒީމާ ގެންދަވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގައި އެކި ފަންތީގެ މަގާމުތައް އަދާކުރައްވަމުންނެވެ.
އެގޮތުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު އަދާކުރައްވާފައިވެއެވެ. ހާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމުވެސް އޭނާ އަދާކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު