ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހިނގި ހާދިސާއެއްގައި ދިވެއްސަކު ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ އެއާޕޯޓް ލަގެޖު އުފުލާ ވެހިކަލެއް ދުއްވާފައިދަނިކޮށް، ލައިޓާއި ކެމެރާ ހަރުކޮށްފައިހުރި ސްޓްރަކްޗާގެ ބުޑުގަނޑުގައި ޖެހި ހާދިސާއެއް ހިނގި ކަމަށެވެ.

ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބަލައި ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މަރުވެފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.