ލިވަޕޫލާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރި ކޯޗު ޔާގަން ކްލޮޕް، މަގުބޫލު އެނާޖީ ޑްރިންކް ބްރޭންޑް ރެޑް ބުލްގެ ގްލޯބަލް ހެޑް އޮފް ސޮކާގެ މަގާމާ ހަވާލުވެއްޖެއެވެ.
އުމުރުން 57 އަހަރުގެ ޖަރުމަނު ކޯޗު ކްލޮޕް މަގާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވާނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުއެވެ. ކްލޮޕް ފުޓުބޯޅައިގެ ޑެވަލޮޕްމެންޓް މަސައްކަތަކާ މިފަހަރު ހަވާލުވެފައި ވަނީ ގާތްގަނޑަކަށް 25 އަކަށް އަހަރު ދުވަހު ކްލަބުތަކަށް ކޯޗުކަން ކޮށްދިނުމަށްފަހުއެވެ.
ރެޑް ބުލް އަތުގައި މިވަގުތު ވެސް ހަތަރު ގައުމެއްގެ ހަތަރު ކްލަބެއް އެބައޮތެވެ. އެއީ ޖަރުމަނު ލީގުގެ ލެއިޕްޒިގާއި އޮސްޓްރިއާ ސާލްސްބާގުގެ އިތުރުން އެމެރިކާ މޭޖާ ލީގުގެ ނިއުޔޯކް ރެޑް ބުލްސް އަދި ބްރެޒިލްގެ ރެޑް ބުލް ބްރަގަންޓީނޯއެވެ.
އޭގެ އިތުރުން ރެޑް ބުލްއިން ވަނީ ދާދިފަހުން އިނގިރޭސި ދެވަނަ ޑިވިޝަނުގެ ލީޑްގެ ހިއްސާއެއްވެސް ގަނެފައެވެ.
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ލިވަޕޫލާ ހަވާލުވެ، ކްލޮޕު ވަނީ ލީގު ތަށްޓާއި ޔޫރޮޕާ ލީގު، ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕާއި ލީގު ކަޕްވެސް ކާމިޔާބުކޮށްފައެވެ. ކްލޮޕަކީ ލިވަޕޫލް އާއެކު އެ ޝަރަފު ހޯދާފައިވާ ހަމައެކަނި ކޯޗެވެ.
ރެޑް ބުލްއިން ބުނީ ކްލޮޕް އެ ބްރޭންޑްގެ ފުޓުބޯޅައިގެ މަސައްކަތްތަކުގައި އުޅޭނީ ފަރުދާގެ ފުރަގަހުގައި ކަމަށެވެ. އެގޮތުން ކްލަބުތަކުގެ ކުޅުމުގެ ފިލޯސަފީ އާއި ޓްރާންސްފާތަކުގައި ލަފާ ދިނުމުމުގެ އިތުރުން ކޯޗުން ތަމްރީނު ކުރުމުގައި ބައިވެރިވާނެ ކަމަށް ރެޑް ބުލްއިން ބުންޏެވެ.
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް