ލ. ގަމުގައި ކުއްޖަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އެ ކުއްޖާގެ މަންމަ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ ދަރިފުޅުގައި ގޭގައި ހުއްޓައި، ގެއަށް އެހެން ދަރިވަރުންތަކެއް ވަދެ، މަރާލާނެ ކަމަށް ބުނެ ބިރު ދައްކައިގެން ބޭރަށް ގެންގޮސް ބަރަހަނާކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ ބަރަހަނާ ކުރުމަށްފަހު ދަނޑިބުރިން އަނިޔާކޮށް ވީޑީއޯކޮށްފައިވާ ކަމަށާއި އެ ވީޑިއޯތައް ބޭނުން ކޮށްގެން އެ ކުއްޖާއަށް ބްލެކްމެއިލް ކޮށްފައިވާ ކަމަށާއި އަދި އިންސްޓަގްރާމް ގްރޫޕަކަށް އެ ވީޑިއޯތައް ލުމަށްފަހު މަރުގެ އިންޒާރު ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން އެކަމާ ގުޅޭ މައުލޫމަތު ހޯދުމުގު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު