ދެހާސް ފަންސަވީސް ވަނަ އަހަރުގެ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގެ ގްރޫޕް އެފްގައި ރާއްޖެ އިން ކުޅުނު ފަހު މެޗުގައި އިއްޔެ ޓީމޯ ލެސްޓާ ކައިރިންވެސް ބަލިވެއްޖެއެވެ.
ގެލޯރާ ބަންގް ކާނޯ މަޑްޔާ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ރާއްޖެ އިން ޓީމޯ ލެސްޓާ ކައިރިން ބަލިވީ 4-1ގެ ނަތީޖާއަކުންނެވެ. ރާއްޖެ އިން ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ބަލިވެފައިވާ އިރު، އެ ގްރޫޕްގެ އެއްވަނަ ހޯދީ އިންޑޮނޭޝިއާ އެވެ. ދެވަނައިގައި ޔަމަން ނިންމާލި އިރު، ޓީމޯ ލެސްޓާ އަކީ ގްރޫޕްގެ ތިންވަނައެވެ.
ރާއްޖެ އިން އިއްޔެގެ މެޗު ރަނގަޅަށް ފެށި ނަމަވެސް، 35 ވަނަ މިނެޓުގައި އަބްދުﷲ ފިޒާން އަބްދުލް ގަފޫރަށް ރަތް ކާޑު ދެއްކި ހިސާބުން މެޗުގެ އޮއިވަރު ބަދަލުވިއެވެ. އެގޮތުން ހާފު ނިމުމުގެ ކުރިން ޓީމޯ ލެސްޓާ ލީޑު ނެގިއެވެ. އެ ގޯލު ޖެހީ އެލެކްޒާންޑްރޯ ބަހިޓޯ ލެމޯސްއެވެ.
ދެވަނަ ހާފަށް ނުކުމެ މުހައްމަދު އައިމަން އަލީ އަތުން ބައިކޮޅަށް ވަން ގޯލާއެކު ޓީމޯ ލެސްޓާ ދެވަނަ ގޯލެއް ޖެހި އިރު، މެޗުގައި ރާއްޖެ އިން ޖެހި ގޯލު ޖެހީ މުޒްދާން ހަސަނެވެ. އަދި ޓީމޯ ލެސްޓާގެ ހަތަރުވަނަ ގޯލު، މެޗު ނިމެން ދަނިކޮށް ޖެހީ އެމިޑިއޯ މާޓިންސް ބްރާޒެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު