ސްޕެނިޝް ލީގުގައި ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި އޮސަސޫނާ ކައިރިން 4-2 އިން ބަލިވެއްޖެއެވެ.

ރޭގެ މެޗާ ހަމައަށް ބާސާއިން ލީގުގައި ކުޅެމުންދިޔަ ހުރިހާ މެޗަކުން ވެސް އެޓީމުން ވަނީ މޮޅުވެފައެވެ. ރޭ ރަށުން ބޭރުގައި އޮސަސޫނާ އަތުން ބަލިވެ، އެޓީމު މިވަގުތު އެއްވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާއެކުގައެވެ. އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ދެވަނައިގައި އޮތް އިރު، އެޓީމަށް ހަތް މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ.

ރޭ މެޗު ފެށިގެން ފުރަތަމަ ހާފުގައި މެޗު ޑޮމިނޭޓްކޮށް ކުޅުނީ ބާސާއިންނެވެ. އެޓީމުގެ އަންޓޭ ބުޑިމީރް 18 ވަނަ މިނެޓުގައި ލީޑު ނަގައިދީފައިވާ އިރު، ހާފު ނިމުމުގެ ކުރިން ބްރަޔަން ޒަރަގޯޒާ ވަނީ އޮސަސޫނާއަށް ލީޑު ފުޅާކޮށްދީފައެވެ.

ބާސާއިން ދެވަނަ ހާފަށް ނުކުމެ، ޕައު ވިކްޓޯ ޖެހި ގޯލުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، އޮސަސޫނާއިން ވަނީ އަނެއްކާވެސް އިތުރު ދެ ގޯލު ޖަހައިފައެވެ. އެ ގޯލުތައް ޖެހީ ބުޑިމީރާއި އަބެލް ބްރެޓޯންސްއެވެ. ބުޑިމީރް ޖެހި ގޯލަކީ ޕެނަލްޓީއެކެވެ.

ބާސާއިން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި ފަހުވަގުތު އިތުރު ގޯލެއް ޖެހިއެވެ. ލެމީން ޔަމާލް ޖެހި އެ ގޯލާއެކު ބާސާއަށް ކުޑަ އުންމީދެއް ލިބުނު ނަމަވެސް، އެޓީމުގެ މޮޅުވުމުގެ ސިލްސިލާއަށް ވަނީ ނިމުން އައިސްފައެވެ.