ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
އެ ބައްދަލުވުން ބާއްވާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްގެންދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.
މިއީ ރާއްޖެއާއި ޕާކިސްތާނުގެ އިސްވެރިން މިގޮތަށް ބައްދަލު ނުކުރައްވާތާ ގިނަ އަހަރުތަކެއް ވެފައި ވަނިކޮށް ބޭއްވި ބައްދަލުވުމެކެވެ.
ރާއްޖޭގެ ލީޑަރަކު އެންމެ ފަހުން ޕާކިސްތާނުގެ ލީޑަރަކާ ބައްދަލުކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު