ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގިނަ ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.
އަންނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަށް މިހާތަނަށް އަށް ޕާޓްނަރާއެކު ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާއެވެ.
އެކަމާ ގުޅޭގޮތުން ރިލްވާން ވިދާޅުވީ މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ގިނައިން މި ފެންނަނީ އަބަދުވެސް އެ އެސޯސިއޭޝަނާއެކު މަސައްކަތްކުރަމުން އަންނަ ޕާޓްނަރުން ކަމަށާއި އެއީ އެ ޕާޓްނަރުންގެ މަސައްކަތް ފުރިހަމަވެފައި، ޕާޓްނަރުންގެ މަސައްކަތަށް އިތުބާރުކުރެވޭތީ ކަމަށެވެ. އަދި އަބަދުވެސް އެއްބަސްވެވެނީ 100 ޕަސަންޓު އިތުބާރާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
- ވަން ސްޕޯޓްސް، ޕީއާރު ޕާޓްނަރު
- އަދަދު، މީޑިއާ ޕާޓްނަރު
- އިމޭޖަސް އެމްވީ، ފޮޓޯގްރަފީ ޕާޓްނަރު
- ޖާޒިއާ، ކިޓް ޕާޓްނަރު
- ޖީ ލައިވް، ލައިވް ސްޓްރީމް ޕާޓްނަރު
- ރެޑް ކްރިއޭޓިކް، ޕްރިންޓިން ޕާޓްނަރު
- ސްޓާބީސިސް، ގޯލްޑް ޕާޓްނަރު
- ނާފިއު ރަޝީދު، ހޯސްޓް އެމްސީ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން މިއަހަރު ބޭއްވި މުބާރާތުގައި ޖުމުލަ 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެފައިވެއެވެ.
އަންނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ފުރުސަތު ހުޅުވާލާފައިވާ އިރު، އަންނަ އަހަރުގެ މުބާރާތް މިދިޔަ މަހު ރަސްމީކޮށް އިއުލާނުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އެކަމަށްޓަކައި ބޭއްވި އިވެންޓުގައި މިނިސްޓަރު ރާފިއު ވިދާޅުވެފައިވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބޭއްވޭ އެންމެ ވަރުގަދަ އެއް ކުޅިވަރު އިވެންޓު ކަމަށާއި، އަތޮޅުތެރޭގެ ރަށްތަކުން މުބާރާތުގައި ޝާމިލުވާ ޝާމިލުވުން ފާހަގަކުރައްވާ ކަމަށެވެ. ވަކީން ހާއްސަކޮށް މުބާރާތުގެ އިންތިޒާމުތަކުގެ ފުރިހަމަކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ކާމިޔާބުކަމާއެކު ނިންމާލާފައިވާ އިރު، މުބާރާތުގެ ފައިނަލް މެޗަކީ ރެކޯޑް އަދަދަކަށް މެޗު ބަލަން ސަޕޯޓަރުން ހާޒިރުވި މެޗެކެވެ. އެ މެޗުގައި 2023 ވަނަ އަހަރު ޗެމްޕިއަން ލ. ގަން ބަލިކޮށް، ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދީ، ބ. އޭދަފުއްޓެވެ. އަންނަ އަހަރުގެ މުބާރާތަށް ތައްޔާރުވާ އިރު، މިއަހަރުގެ ފައިނަލް މެޗު ފެށުނީއްސުރެ ނިމެންދެން ލ. ގަން އަދި ބ. އޭދަފުށި ސަޕޯޓަރުންގެ ފަރާތުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ދިން ސަޕޯޓަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ޝުކުރު އަދާކޮށްފައިވެއެވެ. އަންނަ އަހަރުގެ މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ, މި އަހަރުގެ ޗެމްޕިއަން ބ. އޭދަފުށްޓާއި 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަމެވެ.
މިދިޔަ ދެ އަހަރު މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރި "ވަން ސްޕޯޓްސް" އިން ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކަވަރޭޖް އެންމެ ފުރިހަމައަށް ކިޔުންތެރިންނާ ހަމައަށް ގެނައުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދިނުމަށް ވަނީ ހަމަޖައްސައިފައެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގައި މުބާރާތަށް ވަމުންދާ ތައްޔާރީތަކުގެ އިތުރުން މުބާރާތުގެ ތެރެއިން ކުރިއަށްދާ ފޯރިގަދަ އެކިއެކި އިވެންޓުތަކާއި، ސަޕޯޓަރުންގެ ޝުއޫރުތައްވެސް ހިމެނޭނެ ހާއްސަ ރިޕޯޓުތަކާއި، ކުޅުންތެރިންގެ ޕްރޮފައިލްތައްވެސް ހިމެނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް