ފަތުރުވެރިކަމަށް ތަރައްގީ ކުރަން ނިންމައި، މި އަހަރުގެ މެއި މަހުގެ ތެރޭގައި ހުޅުވާލި ތިން ރަށެއް ލިސްޓުން އުނިކޮށް، ހަ ފަޅަކާއި ގދ. އަތޮޅުގެ ރަށެއް އެ ލިސްޓަށް އިތުރުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ ގަވާއިދުގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޝައުގުވެރިވާ ޕްރޮޕޯސަލް ހުށަހެޅުމަށް މި އަހަރުގެ މެއި މަހު ކުރި އިއުލާނަށް ތިންވަނަ އިސްލާހެއް ގެނެސްފައިވާ ކަމަށެވެ.
އެ އިސްލާހާ އެކު ފަތުރުވެރިކަމަށް ދޫކުރަން ކަނޑައެޅި ތަންތަން ހިމެނޭ ލިސްޓުން އުނިކޮށްފައިވަނީ:
- ޅ. ދިއްފުށި (މައިދޫ އާއެކު): 20.99+15.17 ހެކްޓަރު
- ތ. ކަނިމީދޫ: 10 ހެކްޓަރު
- ގދ. ކަޅެހުއްޓާ: 7.61 ހެކްޓަރު
އެ ތިން ރަށް ލިސްޓުން އުނިކުރީ، ބަޔަކަށް އެ ރަށްތަށް ދޫކުރުމަށް ފަހު ކަމެއް ނުވަތަ އެ ތިން ރަށުގައި އެފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން އިތުރަށް ބޭނުން ނުވާތީ ކަމެއް ޓޫރިޒަމް މިނިސްޓްރީން ނުބުނެއެވެ.
- ބ. އަތޮޅުގެ ފަޅެއް: 0.60 ހެކްޓަރު
- ކ. އަތޮޅުގެ ފަޅެއް: 0.20 ހެކްޓަރު
- ކ. އަތޮޅުގެ ފަޅެއް: 82 ހެކްޓަރު
- ކ. އަތޮޅުގެ ފަޅެއް: 47 ހެކްޓަރު
- ވ. އަތޮޅުގެ ފަޅެއް: 0.14 ހެކްޓަރު
- އދ. އަތޮޅުގެ ފަޅެއް: 0.35 ހެކްޓަރު
- ގދ. ރާވެރިންކޮޅިހުއްޓާ: 0.77 ހެކްޓަރު
ޓޫރިޒަމް މިނިސްޓްރީން ބުނީ، ޓޫރިޒަމަށް ތަރައްގީކުރަން ނިންމާފައިވާ ރަށްތަކާއި ފަޅުތަކަށް ޕްރޮޕޯސަލް ހުށަހަޅާ އިރު، ފަޅުގެ ވަކި ސަރަހައްދެއް ކުއްޔަށް ނަގަން ހުށަހަޅާ ނަމަ، އެ ސަރަހައްދާއި ސަރަހައްދުގެ ބޮޑުމިން އެނގޭނެހެން ފާހަގަކުރަން ޖެހޭނެ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފޯމް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު