ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވައިދޭ ބުރިޖު މަތީގައި ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާއްވެޖެއެވެ.

ފުލުހުން މިއަދު ބުނީ، އެ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ އެކްސިޑެންޓުގައި 24 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އެއީ ސައިކަލު ދުއްވަން އިން މީހާއެވެ.

އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލް ހޯދުމަށް "ވަން" އިން ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ވަނީ ވަރަށް ގިނަވެފައެވެ. އެކްސިޑެންޓުތަކުގައި މި މަހުގެ މިހާތަނަށް ވަނީ ދެ މީހަކު މަރުވެފައެވެ.