ދެ ދަރިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ ކުދިންގެ ބައްޕަ ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓްކުރި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާގެ ދެ ކުދިންގެ އިތުރުން ތިމާގެ ކުއްޖަކަށްވެސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ތ. އަތޮޅުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ފުލުހުންނާއި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ދަނީ ތަހުގީގު ކުރަމުންނެވެ.